މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުލަކަތޮޅު އަތޮޅު ކައުންސިލް އިދާރާގެ ޢިމާރާތަށް ބައެއް އިތުރުކުރުން

                    މިއިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް، އަމިއްލަތަކެތީގައި، މި އިދާރާގެ އިމާރާތާ ގުޅުވައިގެން އުތުރު ފަރާތަށް އިތުރުކުރަން ބޭނުންވާ ބައި އިމާރާތްކުރުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

                    ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތަފްޞީލް

ތަން

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

މި އިދާރާގެޖަލްސާކުރާ މާލަމް

12 އޮގަސްޓް 2021

ބުރާސްފަތި

10:00

އަންދާސީ ހިސާބު ހުށަހެޅުން

މި އިދާރާގެޖަލްސާކުރާ މާލަމް

22 އޮގަސްޓް 2021

އާދީއްތަ

10:00

 

                    މަޢުލޫމާތު ސާފުކުރެއްވުމާއި ފޯމު ހުށަހެޅުއްވުމަށް ވަޑައިގެންނެވެންނެތް ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން އަންގައިދޭ ލިޔުމެއް ބަދަލުގައި އަންނަފަރާތުން ގެންނަވަންވާނެއެވެ. 

05 އޮގަސްޓް 2021
ހޯދާ