ދިވެހިރާއްޖެ
ނަމްބަރު:(IUL)242/242/2021/19
އިޢުލާން
ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ ލޯގޯ ފަރުމާކުރުން
މި ކައުންސިލް އިދާރާގައި ބޭނުންކުރުމަށް ލޯގޯ އެއް ފަރުމާކުރަން ބޭނުންވެއެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށް ލޯގޯގެ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން 2021 އޯގަސްޓް 16 ވާ ހޯމަ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.
ހުށަހަޅާ ލޯގޯތަކުގެ ތެރެއިން މިކައުންސިލުން ބޭނުންކުރުމަށް ފާސްކުރާ ލޯގޯއެއް ހުށަހެޅި ފަރާތަކަށް 5000/- (ފަސްހާސް ރުފިޔާ)ގެ ފައިސާގެ އިނާމެއް ދެވޭނެވެ.
ތީމް އަދި ކުލަ
· ހުށަހަޅާ ލޯގޯގައި އަތޮޅުގެ މަސައްކަތްތެރިކަމާއި ތާރީޙާއި ޘަގާފަތް ރަމްޒުކޮށްދޭންވާނެއެވެ.
· ކުލަ: ލޯގޯ ފަރުމާކުރެވިފައި ހުންނަންވާނީ ތިރީގައި މިދަންނަވާ ކުލަތަކުގައެވެ.
- RGB 30 144 255
- RGB 50 205 50
ހުށަހަޅަންޖެހޭ ތަކެތި:
· ހުށަހަޅާ ފަރާތުގެ ފުރިހަމަ މަޢުލޫމާތާއި ގުޅޭނެ ނަންބަރު އަދި ހުށަހަޅާ ލޯގޯ ކޮންސެޕްޓް އަދި އެހެނިހެން ފައިލްތައް ހިމެނޭ ޕްރޮޕޯސަލް (PDF)
· ލޯގޯ (PNG)
· ލޯގޯގެ ކޮރަލްޑްރޯ ނުވަތަ ފޮޓޯޝޮޕް ފައިލް
· ލެޓަރހެޑް ޑިޒައިން ލޯގޯ ބޭނުންކޮށްގެން
· ބިޒްނަސް ކާޑު ލޯގޯ ބޭނުންކޮށްގެން
· އޮފިޝަލް ފާސް ލޯގޯ ބޭނުންކޮށްގެން
ނޯޓް:
1- ލެޓަރހެޑް ފިޔަވައި އެހެން ފައިލްތަކުގެ ސޮފްޓްކޮޕީ ހުށަހަޅަންވާނީ ކޮރަލް X15 ނުވަތަ ފޮޓޯޝޮޕް CS5 އަށް ވުރެ ފަހުގެ ވާރޝަންގައި އިމޭޖް ލޭޔަރސް ވަކިވަކިން ހުންނަ ގޮތަށެވެ.
2- ލެޓަރހެޑް ހުށަހަޅަންވާނީ މައިކްރޯސޮފްޓް ވޯޑް 2010 ކޮމްޕެޓަބަލް ކޮށެވެ.
3- ފައިލްތަކުގެ ސޮފްޓުކޮޕީ އަދި ލެޓަރހެޑް ހުށަހަޅަންވާނީ [email protected] އަށެވެ.