މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
އައި.ޓީ އިކުއިޕްމަންޓް ގަތުމަށް ބޭނުންވެއްޖެ(އަލުން އިއުލާންކުރުން) – އިތުރު މައުލޫމާތު އަދިމުއްދަތު އިތުރުކުރުން

 މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން

މާލެ، ދިވެހިރާއްޖެ

އިއުލާން ނަމްބަރު: (IUL)475-PMU/475/2021/178

އިއުލާން

ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރަން ހަމަޖެހިފައިވާ 'މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް' ޕްރޮޖެކްޓުގެ ފަރާތުން އިންކިއުބޭޝަން ސެންޓަރަށް ބޭނުންވާ އައި.ޓީ އިކުއިޕްމަންޓް ގަނެދޭނޭ ފަރާތެއް ހޯދުމަށް ކުރެވުނު (IUL)475-PMU/475/2021/165 ނަންބަރު އިއުލާނާއި ގުޅިގެން ބައެއް ތަކެތީގެ ސްޕެސިފިކޭޝަނަށް ބަދަލުގެނެވިފައިވާތީ އާއި އިތުރު މައުލޫމާތު އެކުލެވިފައިވާތީ ބީލަން ހުށައެޅުމަށް ދެވިފައިވާ މުއްދަތު އިތުރުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

މައުލޫމާތު ސާފުކުރުން:

މި ތަކެތި ސަޕްލައިކޮށްގިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އިތުރު މައުލޫމާތު ސާފުކުރުމަށް 15 އޯގަސްޓް 2021 ވާ އާދީއްތަ ދުވަހުގެ މެންދުރު 1300 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ބިޑް އުސޫލު:

މި ތަކެތި ސަޕްލައިކޮށްގިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބޭނުން ކުރައްވަންޖެހޭ އެމެންޑްމަންޓް 1 އަދި ބިޑް އުސޫލު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. މި އެމެންޑްމަންޓް 1 އަދި ބިޑް އުސޫލުގައި ހުރިހާ މައުލޫމާތެއް އެކުލެވިފައިވާނެއެވެ. ބިޑް އުސޫލު [email protected]  އަށް އީމެއިލް ކުރެއްވުމުންވެސް ލިބިވަޑައިގަންނަވާނެއެވެ.

އަންދާސީ ހިސާބު ހުށައެޅުން:

ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16 އޯގަސްޓް 2021 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00އަށް ފެން ބިލްޑިން، ދެވަނަ ފްލޯރގައި ހުންނަ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް ބިޑް އުސޫލުގައި ބަޔާން ކުރެވިފައިވާ ލިޔެކިޔުންތައް ހިމެނޭގޮތަށް ބިޑް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

ހުށަހަޅުއްވާ އަންދާސީ ހިސާބު އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އެމް.ޔޫ)،

ފެން ބިލްޑިންގް، 2 ވަނަ ފަންގިފިލާ

އީމެއިލް : [email protected]      ފޯން: 306982/3026975

 

 

 

04 އޮގަސްޓް 2021
ހޯދާ