ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަންކިއުމާއި ބެހޭ

މިކައުންސިލްގެ ރަޖިސްޓްރީ ނަމްބަރG-2341 (NISSAN) ކާރު ސިޓީލާ ނީލަމުގައި ވިއްކާލުމަށް ކުރެވުނު ނަމްބަރ 240-CA/240/2020/07 (IUL) އިއުލާނާއި ގުޅިގެ ނީލަން ކާމިޔާބު ކުރިފަރާތުން ފައިސާ ދެއްކުމަށް އޮތް މުއްދަތު ހަމަވިއިރުވެސް ފައިސާ ދައްކާފައި ނުވާތީ އެނީލަން ބާޡިލްކޮށް އަލުން ނީލަން ކިއުމަށްވަނީ ހަމަޖެހިފައެވެ. ނީލަން ފެށޭއަގަކީ -/5000ރ (ފަސް ހާސް ރުފިޔާ)އެވެ. ހުށަހަޅާ އަގަށް އިތުރު ކުރެވޭ އެންމެ ކުޑައަގަކީ -/500ރ (ފައްސަތޭކަ ރުފިޔާ)އެވެ. ނީލަމުގައި ބައިވެރިވެލައްވާ ފަރާތްތަކުން ކޮންމެ ދުވަހެއްގެ 12:30 ކުރިން ކާރު ގަތުމަށް ބޭނުންވާ އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހަށަހަޅުއްވަންވާނީ NL04 ފޯމް ފުރިހަމަކޮށް ފޯމް ސިޓީ އުރައެއްގައި ބަންދު ކޮށްގެންނެވެ. ނީލަން ހުށަހަޅާފޯމް މި އިދާރާގެ ކައުންޓަރުންނާއި،މި އިދާރާގެ ވެބުސައިޓު www.laamu.gov.mv  އިން ލިބެން ހުންނާނެއެވެ.

 

ކޮންމެ ދުވަހަކު 12:30 އާ ހަމައަށް ހުށަހަޅާއެންމެ މަތީ އަގު އެދުވަހެއްގެ 14:00ގައި މިއިދާރާގެ ނޯޓިސް ބޯޑާއި ފޭސްބުކު ޕޭޖުގައި ޢާއްމު ކުރެވޭނެއެވެ. ނީލަމަށް ހުށަހަޅާއަގު ޖެހިޖެހިގެން ރަސްމީ 2 ދުވަހު އެއްއަގެއް އޮވެއްޖެނަމަ އެއަގަކަށް ނީލަން ނިންމާ ލެވޭނެއެވެ.

ކާރާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކައުންސިލްގެ ނަމްބަރ 6800713 އާއި ގުޅުއްވުން އެދެމެވެ.

ނީލަމުން ނަންގަވާ ވެހިކަލް ދޫކުރާނީ މިކައުންސިލަށް ފައިސާ ދެއްކެވުމަށް ފަހުގައެވެ. ނީލަން ނިމޭތާ ރަސްމީ 7 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ ނީލަން ބާޡިލް ކުރެވޭނެވެ.

 

ކާރާއިބެހޭ އިތުރު މަޢުލޫމާތު

ރަޖިސްޓްރީ ނަމްބަރ: G-2341

ރަޖިސްޓްރީ ކުރި ތާރީޚް: 06-11-2003

ހަކަތައިގެ ވާވަތް :  ޕެޓްރޯލް

ޖާގައިގެ ޢަދަދު: 04

 

ވީމާ، މިކަން ޢައްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

04 އޮގަސްޓް 2021
ހޯދާ