ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ކައްދޫ އެއަރޕޯޓްގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތީގެ ނީލަން ކިޔުން

ކައްދޫ އެއަރޕޯޓްގައި ހުރި ބައުވެ ހަލާކުވެފައިވާ ބައެއް ތަކެތި ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. މި ނީލަމާގުޅޭ ތަފްޞީލު ތިރީގައި މިވަނީއެވެ.

  1. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަން: ކައްދޫ އެއަރޕޯޓް / ލ.ކައްދޫ
  2. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި: 10 އޯގަސްޓް 2021 ވަނަ ދުވަހުގެ 16:15 ގައި.
  3. ނީލަން ކިޔުމަށް ހަމަޖެހިފައިވާ އުޞޫލު: ދުވަހު ނީލަމުގައި.
  4. މަޢުލޫމާތު ހޯދުމަށް ގުޅުއްވާނެ ފޯން ނަންބަރު: 7411067

 މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ނީލަމުގައި ބައިވެރިވެލެއްވުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ.

ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވެލެއްވުން އެދި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

 24 ޛުލްޙިއްޖާ 1442

03 އޯގަސްޓް 2021

                

ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް

މިނިސްޓްރީ އޮފް ޑިފެންސް

އަމީރު އަހުމަދު މަގު

މާލެ / ދިވެހިރާއްޖެ

ފޯން: 3011734

އީމެއިލް: [email protected]

03 އޮގަސްޓް 2021
ހޯދާ