ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޑިފުށީ ކައުންސިލްގެ އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް 2މީހަކު ބޭނުންވެއެވެ.

ހާބަރ އޮފިސަރ

މަޤާމް

(02)

ބޭނުންވާ ޢަދަދު

ކޮންޓްރެކްޓް ( 31 ޑިސެމްބަރ 2021ނިޔަލަށް )

މަޤާމުގެ ގިންތި

ފިރިހެން

ޖިންސް

ތ.މަޑިފުށީ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން

3100.00

މުސާރަ

1000.00

ސާރވިސް އެލަވަންސް

1.       ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

2.       ރޯދަމަހު ރޯދަ އިނާޔަތުގެ ގޮތުގައި 3000.00 ރުފިޔާ ލިބޭނެއެވެ.

 

އިތުރު އިނާޔަތްތައް

ދަންފަޅި އުސޫލުން ދުވާލަކު 8 ގަޑިއިރު (ހަފްތާއަކު 6 ދުވަހު)

މަސައްކަތްކުރަންޖެހޭ ވަގުތު

1.       ބަނދަރުގައި އުޅަނދުފަހަރު އަޅާނާޅާގޮތް ބަލާ އުޅަނދުފަހަރު ތަރުތީބުކުރުން.

2.       އުޅަނދުފަހަރު އެޅުމަށް ޙާއްޞަކުރެވިފައިވާ ސަރަހައްދުތައް ފިޔަވާ އެހެން ސަރަހައްދުތަކުގައި      އުޅަނދުފަހަރު އެޅުން ހުއްޓުވުން.

3.       އަރާފޭބުމަށް ޙާއްޞަކުރެވިފައި ސަރަހައްދުތަކާއި މުދާ އަރުވާ ބޭލުމަށް ޙާއްޞަކުރެވިފައި ސަރަހައްދުތައް ބެލެހެއްޓުން.

4.       ބަނދަރަށް އަރުވާ ބާލާ ތަކެތި ބަނދަރުގައި ބެހެއްޓުމާއި ނެގުމުގެ ކަންކަން ބެލެހެއްޓުން.

5.       ބަނދަރަށް މުދާ އަރުވާ ބޭލުމުގައި ބަނދަރަށް އެޅޭ ކުނި އެއުޅަނދަކުން ސާފުކުރުމަށް އެންގުމާއި ކައުންސިލް އިދާރާޔަށް ރިޕޯރޓްކުރުން.

6.       ނެރުބައްތި އަދި ބަނދަރު ބައްތިތަކުގެ ތެރެއިން މައްސަލައެއް ޖެހިއްޖެނަމަ ވަގުތުން ޔުނިޓްގެ ވެރިޔާއަށް އަންގާ އެކަން ހައްލުކުރުމަށް މަސައްކަތްކުރުން.

7.       އާއްމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ރަށް މޮނިޓަރިންގެ ހާލަތުގައި އޮންނަ ދުވަސްވަރާއި އެނޫން ޙާލަތްތަކާއި ގުޅިގެންވެސް ރަށަށް އަރާ ފައިބާ މީހުންނަކީ ކައުންސިލުން ދަތުރުކުރުމުގެ ހުއްދަ ލިބިގެން ދަތުރުކުރާ މީހުންތޯ ބެލުމަށް އަންގާ ޙާލަތްތަކުގައި އެމަސައްކަތް ކުރުން.

8.       ފަޅުތެރެއަށް ކުނި އެޅުން ހުއްޓުވުމާއި، ފަޅުތެރޭގައި ހުންނަ ކުނިބުނި ސާފުކުރުމުގެ އިންތިޒާމް ހަމަޖައްސާ އެކަން ކުރުން.

9.       ބަނދަރު ސަރަހައްދުގައި ކައުންސިލުން ބަހައްޓާ ޑަސްބިންތައް ބެލެހެއްޓުމާއި އަދި ޑަސްބިންތައް ފުރުމުން ކުނިގޮނޑަށް ގެންދިއުމުގެ އެންމެހާ ކަންތައް އިންތިޒާމްކޮށް ބެލެހެއްޓުން.

10.   ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި ކުރަންޖެހޭ އެންމެހާ ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން

11.   ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހާ ކަންކަމުގައި ކައުންސިލަށް ފުރިހަމައަށް ޖަވާބުދާރީވުން

12.   ކައުންސިލަށް ދިމާވާ ކުއްލި ޙާލަތްތަކުގައި، އަދި އިދާރާއިން ކުރިއަށް ގެންދާ ޚާއްސަ ޙަރަކާތްތަކާއި އެންމެން ޝާމިލްވާންޖެހޭ ކަންތައްތަކުގައި ފުރިހަމައަށް ބައިވެރިވުމާއި، މަސައްކަތުގެ ދާއިރާއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން

 

 

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1.       ލިޔަންކިޔަން އެނގުން

2.       ފިރިހެނެއް ކަމުގައިވުން

(ނޯޓް: ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ ހުށަހަޅާފައިވާ ތައުލީމީ ސެޓްފިކެޓަށް ނުވަތަ ދަށްވެގެން ގްރޭޑް 5 ނިންމި ކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.)

 

 

 

 

މަޤާމުގެ ޝަރުތުތައް

1.       ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ތ.މަޑިފުށި ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2.       ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

3.       މީގެ ކުރިން މިފަދަ ވަޒީފާއެއް އަދާކޮށްފައިވާނަމަ އަދާކުރި ވަޒީފާއާ މުއްދަތު އެނގޭނެހެން ވަޒީފާ އަދާކުރި އޮފީހުން/ފަރާތުން ދޫކޮށްފައިވާ ލިޔުން

4.       ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތައް ނުވަތަ ދަށްވެގެން ގްރޭޑް 5 ނިންމި ކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުން

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 އޮގަސްޓް 2021ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން، ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް  [email protected]  މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނަޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ. (ނޯޓް: އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ގަޑި ޖެހުމުގެ ކުރިން ލިބުނުތޯ ޗެކްކޮށް ބެލުމަކީ ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުން ކުރަންޖެހޭ ކަމެކެވެ.)

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 16 އޮގަސްޓް 2021 އާއި 19 އޮގަސްޓް 2021އާ ދެމެދު، ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާގައެވެ. އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް އިންޓަވިއު އޮންނާނެ ގަޑިއާއި ތާރީޚް ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން އަންގާނެއެވެ. ވީމާ، މިވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުން މި މުއްދަތުގައި އިންޓަވިއުއަށް ހާޒިރުވެވޭގޮތަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6780034 ނަންބަރު ފޯނާއެވެ.

އިތުރު މަޢުލޫމާތު ހޯދުން

 

                    މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 އޮގަސްޓް 2021
ހޯދާ