ފުޅަދޫ ސްކޫލް/ ބ.ފުޅަދޫ
ދިވެހިރާއްޖެ
ސްކޫލްގައި ކުރަންހުރި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް.

އިޢުލާން

ސްކޫލްގައި ކުރަންހުރި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް.

 

       މި ސްކޫލްގެ އިޢުލާން ނަމްބަރު GS137/IUL/2021/11  (14 ޖުލައި 2021 ) އާއި ގުޅިގެން އެއްވެސް ފަރާތަކުން ރަޖިސްޓްރީ ވެފައި ނުވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން ބިޑްހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މަސައްކަތް

1-     4 ފާޚާނާގެ މުށި ބަދަލުކުރުން.

2-      އިމާރާތުގައި ކުލަލުން.

ވީމާ ، މި ސްކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް މަތީގައިވާ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

  1. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021އޮގަސްޓް 04 އިން 2021 އޮގަސްޓް 05 އަށް ބަންދޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން 13:30 އަށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021އޮގަސްޓް 08 ވާ އާދީއްތަ ދުވަހުގެ 11:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2021އޮގަސްޓް 08 ވާ އާދީއްތަ ދުވަހުގެ 13:30 ގައި މިސްކޫލްގައެވެ.

 

  1. ބީލަން ހުށަހެޅުން އޮންނާނީ 2021އޮގަސްޓް 12 ވާ ބުރާސްފަތި ދުވަހުގެ 13:15 ގައި މިސްކޫލްގައެވެ.

 

  1. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

  1. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފުޅަދޫ ސްކޫލް

ބ.ފުޅަދޫ

ފޯން: 6600013

އީ-މެއިލް: [email protected]

03 އޮގަސްޓް 2021
ހޯދާ