ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ 4 ވަނަ ދައުރުގެ 8 ވަނަ ޖަލްސާގެ ނިންމުން

  1. މިވަގުތުގެ ހާލަތައް ރިއާޔަތްކޮށް 1442 ވަނަ އަހަރުގެ އަޟްޙާ ޢީދު ނަމާދު ފުޓްބޯޅަ ދަނޑުގައި ބޮޑުޖަމާއަތްހަދައި ނުކުރުމަށް، އަދި ކުރިއެކޭވެސް އެއްގޮތައް ނަސްރީ މިސްކިތުގައި ނަމާދުކުރުމަށް ނިންމުނު.
  2. ކޮޅުމަޑުލު ވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ސިޓީއަށް ރިޢާޔަތްކޮށް އަލިތަރި އަދި ޓްވިންކަލް ގޯތި ލާޖެއްސުމާއިމެދު ކައުންސިލްގެ އިއުތިރާޘެއް ނެތްކަމުގައި ނިންމުނު.
  3. ޓާރފް ދަނޑު ހަދާނޭ ބިމެއްކަނޑައަޅުމާއި ގުޅޭގޮތުން ކައުންސިލް އިދާރާއިން ނިންމާ ތާރީހެއްގައި ފުޓްބޯޅަ ކުޅޭކުދިންނާއި ސްޓޭންޑިން ކޮމެޓީއާއި ބައްދަލުކުރުމަށާއި އެންމެ ފަހު ނިންމުން ނިންމުމަށް ރައްޔިތުންނާއި ބައްދަލުކުރުމަށް ނިންމުނު.
  4. ކުރިޔައްއޮތް 5 އަހަރުދުވަހުގެ ކައުންސިލްގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަން ޕްލޭން އެކުލަވާލުމަށް ކޮމެޓީއެއްނެގުމަށް މިކޮމެޓީގައި ކޮންމެ މުއައްސަސާއެއްގެ ވެރިއެއްގެ އިތުރުން މުވައްޒަފަކު ހިމަނައި ޖަމިއްޔާއިން 2 މެމްބަރުން އަދި އތމ ކޮމެޓީން 2 މެމްބަރުން އަދި ބަޖެޓްގައި ކަނޑައެޅިފައިވާ ދާއިރާތަކުން ކޮންމެ ދާއިރާއަކުން މެމްބަރެއް ހިމެނޭގޮތައް ކޮމެޓީ އެކުލަވާލައި މުއައްސަސާތަކަށް ސިޓީ ފޮނުވުމަށް ނިންމުނު.
  5. ލޭންޑްޔޫން ޕްލޭން އެކުލަވާލުމުގެ އެއްވެސް މަސައްކަތެއް ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން ކުރިޔައްގެންދޭތޯ ބެލުމަށާއި ޕްލޭން އެކުލަވާލުމަށް ފަންނީ މުވައްޒަފުން ކައުންސިލް އިދާރާގައި ނެތުމާއިއެކު ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން ފޮނުވާފައިވާ ސިޓީގައިވާ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ތާރީހައް ނިންމުމަށް ދަތިވާނޭކަމަށާއި އަދި ޕްލޭން އެކުލަވާލުމާއި ގުޅޭގޮތުން ކައުންސިލްގެ ހުރި ކަންބޮޑުވުންތައް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ހުށަހެޅުމަށް ނިންމުނު.
  6. މިރިހިމަގުގައި ޖަންގޝަނެއް ބެހެއްޓުމާއިގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލައަކީ ކައުންސިލްގެ 2 މެމްބަރުންގެ އަމިއްލަ މަސްލަހަތު ހިމެނޭ ކަމެއްކަމުގައިވުމާއި އަދި ބައްދަލުވުމުގައި ބައިވެރިވެފައިވަނީ 4 މެމްބަރުން ކަމުން މައްސަލައިގައި ގޮތެއް ނިންމުން ކައުންސިލްގެ އިދާރީ ބައްދަލުވުމަކަށް ފަސްކުރުމަށް ނިންމުނު. 

އިސްވެ ބަޔާންކުރެވިފައިވާ ކައުންސިލްގެ ބައްދަލުވުމުން ނިންމާފައިވާ ނިންމުންތައް އާއްމުކޮށް އެންގުމަށް އިޢުލާންކުރީމެވެ.

15 ޖުލައި 2021
ހޯދާ