ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުތައް ބޭނުންކުރުމާއި ގޫލޭ

މަގުތައް ބޭނުން ކުރުމާއި ގުޅޭ

                ހަނިމާދޫގައި ތާރުއަޅައިގެން ހަދަމުންގެންދާ މަގުތަކުގެ ތެރެއިން ތާރު ފަށަލަ އެޅުމަށްފަހު އެމަގުތައް ވަކިގަޑިތަކެއް ވަންދެން ބޭނުން ނުކޮށް ތާރުހިކުމަށް ބާއްވަންޖެހޭތީ، ބޭނުންކުރުން މަނާ ކުރެވިފައިވާ މަގެއްކަން އެންގުމަށްޓަކައި އިންޒާރުގެ ޓޭޕް ދަމާފައިވަނިކޮށް، އެޓޭޕް ކަނޑާލުމަށްފަހު މަގުގައި އެއްގަމު އުޅަނދު ދުއްވާކަން ފާހަގަ ކުރެވިފައި ވެއެވެ. މި މަގުތައް ރަނގަޅަށް ނުހިކެނީސް ބޭނުންކުރަން ފަށައިފިނަމަ ތާރުގަނޑު ކަނޑައިގެންގޮސް ތާރުގަނޑުގައި ރެސްއަޅާ ހަލާކުވާނެއަތީ، އެފަދަ މަގުތައް ބޭނުންކުރުމަށް ހުޅުވާލުމުގެ ކުރިން އެއްވެސް ފަރާތަކުން ތާރު އަޅާފައިވާ މަގުތަކުގައި އެއްގަމު އުޅަނދު ދުއްވާ ބޭނުން ނުކުރުމަށް އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

02 އޮގަސްޓް 2021
ހޯދާ