ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ޕީ.ސީ.އާރު ލެބް ޤާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން.

 

 

ނަންބަރު : (IUL)ASMH-Procure/ASMH/2021/25

 

އިޢުލާން

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ޕީ.ސީ.އާރު ލެބް ޤާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން.

  ހޮސްޕިޓަލުގައި ޕީ.ސީ.އާރު ލެބް ޤާއިމްކުރުމަށްޓަކައި ދެވަނަފަހަރަށް ކުރި އިޢުލާން ނަންބަރު (IUL)ASMH-Procure/ASMH/2021/23 ބާޠިލްކުރެވިފައިވާތީ، މިހޮސްޕިޓަލުން ދެވޭ ކުރެހުމާއި މަޢުލޫމާތާއި އެއްގޮތަށް މިމަސައްކަތް ކޮށްްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

މިމަސައްކަތަށް ބީލަން ހުށަހެޅުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ރަޖިސްޓަރ ކުރައްވަންވާނެއެވެ. ރަޖިސްޓްރީ ކުރިއަށް ދާނީ 02 އޮގަސްޓް 2021 އިން 08 އޮގަސްޓް 2021 ވާ އާދީއްތަ ދުވަހުގެ 13:30 މިހޮސްޕިޓަލްގެ އީމެއިލް އެޑްރެސް [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކޮށް ނުވަތަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެންނެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސްތައް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

އަންދާސީހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:30 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބް ބާތިލްކުރެވޭނެއެވެ. އަދި އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ.

އަންދާސީ ހިސާބް ހުށަހެޅުން:  12 އޮގަސްޓް 2021، ހެނދުނު 10:30 އަށް

ތަން: ޑރ. އަބދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އޮފީސް އިމާރާތުގެ މީޓިންގ ރޫމް (1 ވަނަ ފަންގިފިލާ) 

             

02 އޮގަސްޓް 2021

 

 

           އަހުމަދު ސަޢީދު

                                                              މެނޭޖަރ

02 އޮގަސްޓް 2021
ހޯދާ