ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންހެނުންގެ ކެފޭ މަރާމާތުކުރުން

ތ މަޑިފުށީ އަންހެނުންގެ ކެފޭ މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

ވީމާ، އަންހެނުންގެ ކެފޭ މަރާމާތު ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 09 އޮގަސްޓް 2021ވާ ހޯމަ ދުވަހުގެ 13:00އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 12 އޮގަސްޓް 2021ވާ ބުރާސްފަތި ދުވަހުގެ 13:00އަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6780034 މިނަމްބަރަށެވެ. މަޢުލޫމާތު ސާފް ކުރެއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެއެވެ.

                މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 އޮގަސްޓް 2021
ހޯދާ