ދިވެހިރާއްޖެ
މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން މާލެ، ދިވެހިރާއްޖެ (IUL)MMPRC-HR/1/2021/27:އިޢުލާން ނަންބަރު ވަޒީފާގެ ފުރުޞަތު |
|
މަޤާމުގެ ނަން: ޑިޖިޓަލް މީޑިއާ ކޯޑިނޭޓަރ |
- މުސާރަ (މަހަކު):-/7,080 ރުފިޔާ މަހަކު - ސަރވިސް އެލަވަންސް:-/2,360 ރުފިޔާ މަހަކު - ޑެއިލީ އެލަވަންސް:-/2,360 ރުފިޔާ މަހަކު - އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން |
ޑިޕާރޓްމަންޓް / ސެކްޝަން: ޑެސްޓިނޭޝަން މާކެޓިންގ/ޑިޖިޓަލް މީޑިއާ އެންޑް އޮންލައިން މާކެޓިންގ |
ބޭނުންވާ އަދަދު: 1 |
1- ޝަރުޠު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު: ހ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 (ބެޗްލާސް ހޮނާސް ޑިގްރީ/ބެޗްލާސް ޑިގްރީ/ޕްރޮފެޝަނަލް ޑިޕްލޮމާ/ޕްރޮފެޝަނަލް ސެޓްފިކެޓް) ގެ ސަނަދެއް ހާސިލްކޮށްފައިވުން (ނުވަތަ) ށ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 6 (އެޑްވާންސްޑް ޑިޕްލޮމާ/އެސޯސިއޭޓް ޑިގްރީ/ޕްރޮފެޝަނަލް ސެޓްފިކެޓް) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަޤާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން (ނުވަތަ) ނ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 (ޑިޕްލޮމާ) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަޤާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. މިމަޤާމަށް މީހަކު ހޮވުމުގައި ތިރީގައިވާ ކަންކަން ފުރިހަމަވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. - ޓްރެޑިޝަނަލް، ޑިޖިޓަލް، އަދި ކޮންޓެންޓް މާކެޓިންގެ ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމުގައި ވުން - މާކެޓް ރިސަރޗްކޮށް، ޑޭޓާ އެނަލައިސްކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމުގައި ވުން - ފަރިތަކަމާއެކު ދިވެހި އަދި އިނގިރޭސިބަހުން ލިޔެ، ވާހަކަދައްކާ އަދި ޕްރެޒެންޓް ކުރެވޭފަދަ ފަރާތެއްކަމުގައި ވުން - ފޮޓޯ، ވީޑިއޯ، އަދި ލިޔުން ފަދަ ތަކެތި އެޑިޓްކުރުމާއި ހުށަހެޅުމުގެ ހުނަރު ހުރުން.
2- މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: (ހ) މި ކޯޕަރޭޝަނުގެ ޑިޖިޓަލްމީޑިއާ އެންޑް އޮންލައިން މާކެޓިންގ ސެކްޝަނުގެ އެންމެހާ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ސުޕަވައިޒަރއަށް އެހީތެރިވެދިނުން. (ށ) ޑިޖިޓަލް އެންޑް ސޯޝަލް މިޑިއާ މާކެޓިންގ ޕްލޭން ތައްޔާރުކުރުމަށް އަދި އަހަރީ ބަޖެޓް ނިންމުމަށް ސެކްޝަނުގެ އިސްވެރިޔާއަށް އެހީތެރިވެދިނުން. (ނ) ސުޕަވައިޒަރގެ ލަފާއާއި އިރުޝާދުގެ ދަށުން ސޯޝަލް މީޑިއާ ސްޓްރެޓެޖީ ތައްޔާރުކުރުމާއި، އިމްޕްލިމެންޓު ކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުން. (ރ) ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް މި ކޯޕަރޭޝަނުން ބޭނުންކުރާ އެންމެހާ އޮންލައިން ޕްލެޓްފޯމް (ފޭސްބުކް، ޓުވިޓަރ، އިންސްޓަރގްރާމް، ޔޫޓިއުބް، ޓިކްޓޮކް އަދި އެހެނިހެން ޕްލެޓްފޯރމްސް) ތަކަށް ބޭނުންވާ ސޯޝަލް އެންޑް މާކެޓިންގ ކެމްޕެއިންތައް ތައްޔާރުކުރުމާއި އިމްޕްލިމެންޓް ކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުން. (ބ) ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ފޮލޯވަރސް އިތުރުކުރުމަށް ޓާގެޓްތައް ތައްޔާރުކުރުމާއި، ކުރަންޖެހޭ ކެމްޕެއިންތައް ރާވައި އިންތިޒާމްކުރުމާއި ކުރިއަށްގެންދިއުން. (ޅ) މި ކޯޕަރޭޝަނުގެ ސޯޝަލް މީޑިއާގެ އެންމެހާ ކޮންޓެންޓް މެނޭޖްކުރުމާއި ބެލެހެއްޓުން. (ކ) ރާއްޖެ އިޝްތިހާރުކޮށް މާކެޓްކުރުމުގެ މަސައްކަތަށް މި ކޯޕަރޭޝަނަށް ބޭނުންވާ ކޮންޓެންޓްތައް ތައްޔާރުކުރުމާއި، ޕަބްލިޝްކުރުމާއި ސޯޝަލް މީޑިއާރ ޕްލެޓްފޯމްތަކުގައި ޤަވާއިދުން ޝެއަރ ކުރުން. (އ) ޙަވާލުކުރެވޭ ކެމްޕެއިންއާއި އެންމެ ގުޅޭ އަދި ޓާގެޓް އޯޑިއަންސްގެ ސަމާލުކަން ފަސޭހައިން ހޯދޭނެ ފަދަ ކޮންޓެންޓް ތައްޔާރުކުރުން. (ވ) މިކޯޕަރޭޝަނުގެ ސޯޝަލް ނެޓްވާކް ޕްރޮފައިލްތައް ބެލެހެއްޓުމާއި އެ ޕްރޮފައިލްތަކަށް ޒިޔާރަތްކުރާ މީހުންގެ މަޢުލޫމާތު ރިޕޯޓްކޮށް ބެލެހެއްޓުން. (މ) މިކޯޕަރޭޝަނުގެ ތަފާތު އިވެންޓްތަކުގެ ފޮޓޯ އާއި ވީޑިއޯ އަދި މަޢުލޫމާތު ވެބްސައިޓަށް އަދި ސޯޝަލް ނެޓްވަރކަށް އަޕްލޯޑް ކުރުން. (ފ) މިކޯޕަރޭޝަނުގެ ވެބްސައިޓުގައި ހިމެނޭ މަޢުލޫމާތަކީ ސައްޙަ އަދި އެންމެ ފަހުގެ މަޢުލޫމާތުކަން ޔަޤީންކޮށް އެމަޢުލޫމާތު އަޕްޑޭޓްކުރުން. (ދ) ސޯޝަލް މީޑިއާ ކެމްޕެއިންތައް ކާމިޔާބު ކުރުމަށާއި އިތުރު ފުރުސަތުތައް ހޯދުމަށް ދިރާސާތައް ރާވައި ހިންގުން. (ތ) މާކެޓިންގ ޓީމާއި ގުޅިގެން ވަކިވަކި މާކެޓްތަކަށް ބޭނުންވާ ކެމްޕެއިންތައް ތައްޔާރުކުރުން. (ލ) އިންޑަސްޓްރީގެ އެހެން ފަރާތްތަކާއި ގުޅިގެން ޖޮއިންޓް މާކެޓިންގ ކެމްޕެއިންތައް ތައްޔާރުކުރުން. (ގ) މާކެޓްތަކަށް އަންނަ ބަދަލުތައް ދެނެގަނެ ދިމާވާ މައްސަލަތައް ދިރާސާކޮށް ރިޕޯޓްތައް ތައްޔާރު ކުރުން. (ޏ) މިކޯޕަރޭޝަންގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުން. (ސ) ވަޒީފާ ބަޔާނުގައި ހިމެނޭކަންތައްތަކާއި ވާޒީފާގެ ދާއިރާގައި ހިމެނޭ އެހެނިހެން ކަންތައްތައް ކުރުމުގައި އެހީތެރިވުން އަދި މިކޯޕަރޭޝަނުން ހަވާލުކުރާ ކުންފުނީގެ ޚިދުމަތްތަކާއި ގުޅުންހުރި އެހެނިހެން މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން. |
|
3- ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް: 10 އޮގަސްޓް 2021 ވަނަ ވާ އަންގާރަ ދުވަހުގެ 1500 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. |
|
4 - ހުށައަޅަންޖެހޭ ލިޔުންތައް: - ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް. - ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް. - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. - ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް/ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ). - ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން. - ޕޮލިސް ރިޕޯޓް - ޕޯޓްފޯލިއޯ |
|
5- އިތުރު މަޢްލޫމާތު:
6- އެޑްރެސް ކުރައްވާނީ: ތޮއްޔިބު މުޙައްމަދު، މެނޭޖިންގ ޑިރެކްޓަރ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން |
|
1 އޮގަސްޓް 2021 |