ދިވެހިރާއްޖެ
ލޭންޑްޔޫސް ޕްލޭން ތައްޔާރު ކޮއްދޭނެ ފަރާތެއް ހޯދުން.
2021 ވަނަ އަހަރުންފެށިގެން ކުރިއަށްއޮތް 25 އަހަރަށް އެކުލަވާލެވޭ ހަނިމާދޫގެ ލޭންޑުޔޫސް ޕްލޭން ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށްވަނީ ބޭނުންވެފައެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 01 އޯގަސްޓް 2021 އިން 11 އޯގަސްޓް 2021 ގެ 13:00 ކުރިން "ބީލަމްގައި ރަޖިސްޓްރީ ވުމަށްއެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު މިކައުންސިލަށް އީމެއިލް މެދުވެރިކޮށް ނުވަތަ މިކައުންސިލަށް ވަޑައިގެން ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިމުއްދަތުގައި "ބީލަމުގައި ރަޖިސްޓްރީވުމަށްއެދޭ ފޯމް" ފުރިހަމަކޮށް ފޮނުވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް ފުރިހަމަކޮށް ހުށަހަޅާ ފަރާތްތަކަށް މިމަސައްކަތުގެ މަޢުލޫމާތު ޝީޓް ފޯރުކޮށް ދެވޭނެއެވެ.
ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 19 އޯގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ހަނިމާދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.