މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ މަގުމަތީ ނުދުއްވާ ހުންނަ އެއްގަމު އުޅަނދު ފަހަރު ނަގާ މަގުތައް ސާފުކުރުމާ ގުޅޭ

މާލޭސިޓީގެ މަގުމަތީގައި ހިނގާ ބިގާވެއުޅޭ ފަރާތްތަކާއި،ވެހިކަލް ދުއްވާ ފަރާތްތަކަށް ދަތިވާގޮތަށް ބަހައްޓާފައި ހުންނަ އެއްގަމު އުޅަނދު ފަހަރާއި އަދި ހަލާކުވެ،ނުދުއްވާ ހުންނަތާ ގިނަދުވަސްވެފައިވާ އުޅަނދު ފަހަރު މިކައުންސިލާއި ،މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން 2 އޯގަސްޓް 2021 ވަނަ ދުވަހުން ފެށިގެން ނަގަމުން ގެންދާނެކަމުގައި ޢާއްމުކޮއް އަންގާ އިޢުލާންކުރީމެވެ.

            ވީމާ،މަގުމަތީގައި މިދެންނެވިގޮތަށް ބަހައްޓާފައި ހުރި އެފަދަ އެއްގަމު އުޅަނދު ފަހަރު ( ވެހިކަލް )  ނަންގަވައި  މަގުމަތި ސާފުކުރެއްވުމަށް އަންގަމެވެ. އަދި ބަޔާންކުރެވިފައިވާ އުޅަނދު ފަހަރުގެ ވެރިފަރާތުން ނުނަންގަވާ ހުންނަ އެއްގަމު އުޅަނދުފަހަރު ގަވައިދު ނަމްބަރ 2012/R-1 " އެއްގަމު އުޅަނދު ޕާކު ކުރުމުގެ ގަވައިދު "   ގެ 6 ( ހައެއް ) ވަނަ ނަމްބަރުގެ ދަށުން ނަގައި ނައްތާލެވޭނެ ކަން އަންގަމެވެ. އަދި އެއްގަމު އުޅަނދު ( ވެހިކަލް ) ނެގުމުގެ ތެރޭގައާއި ނެގުމަށް ފަހު އުޅަނދާއި ތަކެއްޗަށް ލިބޭ ގެއްލުމާއި އުނިއިތުރަށް މިކައުންސިލުން ޒިންމާ ނުވެވޭނެ ކަމުގައި އަންގާ ޢިޢުލާނު ކުރީމެވެ. 

31 ޖުލައި 2021
ހޯދާ