މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ އޯޑިއޯ އަދި ވީޑިއޯ ޕްރޮޑަކްޝަން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ އޯޑިއޯ އަދި ވީޑިއޯ ޕްރޮޑަކްޝަން މަސައްކަތްކޮށްދިނުމަށް ޝަޢުގުވެރިވެލައްވާ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.  

ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަށް ތިރީގައި މި ދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީ ކައުންސިލް އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން ދެއްވުން އެދެމެވެ. މިމަސައްކަތުގެ ތަފްޞީލް މަޢުލޫމާތު ކަރުދާސް، މައުލޫމާތު ސެޝަންގައި ހަވާލުކުރެވޭނެއެވެ.

 

 

ތާރީޚް

ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން

16 އޮގަސްޓް 2021

12:00

 މާލޭ ސިޓީ ކައުންސިލްގެ އިދާރާ މާފައްނު އޮފީސް ،ކަނބާއައިސާ ރަނި ހިނގުން

އަގު ހުށަހެޅުން

23  އޮގަސްޓް 2021

11:00

ޕްރޮކިއުމަންޓް ސެކްޝަން/ މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެމް.ޑަބްލިޔު.އެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ 4 ވަނަ ފަންގިފިލާ

 

          މަތީގައި ދަންނަވާފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން ބިޑް ހުށަހަޅަން ހާޒިރުވާ ފަރާތްތަކުގެ ބިޑް ބަލައި ނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަން ޖެހޭނެއެވެ.

28 ޖުލައި 2021
ހޯދާ