ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރައްޔިތުންގެ ފޯރަމް
ރައްޔިތުންގެ ފޯރަމް
ކުރިއަށްއޮތް 5 އަހަރު ދުވަހުގެ ހަނިމާދޫ ތަރައްޤީގެ ޕްލޭނާއި، ލޭންޑްޔޫސް ޕްލޭން ތައްޔާރު ކުރުމަށްޓަކައި، ބޭނުންވާ މައުލޫމާތު އެއްކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ފޯރަމް 2021 ޖުލައި 28 ން 29 ޖުލައި އަށް ހަނިމާދޫ އިޖްތިމާޢީ މަރުކަޒުގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
ވީމާ، ތިރީގައި މައުލޫމާތު ދެވިފައިވާގޮތަށް ވީހާވެސް ގިނަ ރައްޔިތުން މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ދެއްވެވުން އެދެމެވެ.
- 28 ޖުލައި 2021 ބުދަ ދުވަހުގެ ހެނދުނު 08:00 ން 12:00 އަށް އަންހެން ބޭފުޅުނަށް ހަނިމާދޫ އިޖްތިމާޢީ މަރުކަޒުގައި.
- 29 ޖުލައި 2021 ބުރާސްފަތި ދުވަހުގެ ހެނދުނު 08:00 ން 12:00 އަށް ފިރިހެން ބޭފުޅު ނަށް ހަނިމާދޫ އިޖްތިމާޢީ މަރުކަޒުގައި.
- 29 ޖުލައި 2021 ބުރާސްފަތި ދުވަހުގެ ރޭގަނޑު 20:30 ން 22:30 އަށް ފައިނަލް ރިޕޯޓް ނިންމާލުމަށް ހުރިހާ ބޭފުޅުން ޝާމިލްވާގޮތަށް ބޭއްވޭ ބައްދަލުވުން ހަނިމާދޫ އިޖްތިމާޢީ މަރުކަޒުގައި.
ވީމާ، މަތީގައިވާ ބައްދަލު ވުންތަކަށް ކަނޑައެޅިފައިވާ ވަގުތުގައި ބައިވެރިވެ ވަޑައިގަތުމަށް ހުރިހާ ފަރާތަކަށް ދައުވަތު އަރުވަމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
26 ޖުލައި 2021
ހޯދާ