ދިވެހިރާއްޖެ
އިޢުލާން
މުވައްޒަފުން ބޭނުންވެއްޖެ:
މިކުންފުނީގެ އިންޖިނިއަރިންގ އެންޑް ޑޮކިންގ ޑިވިޜަންގެ "ރޭވާ" ޕްރޮޖެކްޓަށް ދުވަހު މުސާރައަށް ކ.ތިލަފުށީގައި މަސައްކަތްކުރާނެ ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.
# |
މަޤާމް |
ބޭނުންވާ އަދަދު |
ޝަރުތު |
މުސާރަ (ދުވާލަކު) |
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް : |
|
ވެލްޑަރ |
9 |
|
420 ރ |
ރަނގަޅު ފެންވަރުގައި ވެލްޑިންގ މަސައްކަތްކުރުން، ހަވާލުކުރެވިފައިވާ މަސައްކަތް ރޭވުމާއި އަދި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތް ނިންމުން. |
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 06 މަސް
ޑިވިޜަން: އިންޖިނިއަރިންގ އެންޑް ޑޮކިންގ ޑިވިޜަން
މަސައްކަތް ކުރަންޖެހޭ ތަން: ކ.ތިލަފުށި
ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެމް.ޓީ.ސީ.ސީ.ގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް 2021 ޖުލައި 23 ވަނަ ދުވަހުގެ 00:00ކުރިންއެޕްލިކޭޝަން ހުށަހަޅަންވާނެއެވެ.
ވެބްސައިޓް: https://mtcc.mv/careers/
ފޯން: 3001149/ 3001631 / 3001120
ނޯޓް:
- ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ ހުށަހަޅާއިރު، އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.
- މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
- އިންޓަވިއު އަށް ދައުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ. މަތީގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުންފުނިން އިންޓަވިއު އަށް ދައުވަތު ދީފައިނުވާނަމަ އެއިގެ މާނައަކީ މަޤާމަށް ޝޯޓްލިސްޓް ނުވަނީއެވެ.
- ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރެކޯޑެއް އޮތް ނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ވަޒީފާ ނުދިނުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.
18 ޖުލައި 2021