މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
1442 ވަނަ އަހަރު އަޟްޙާ އީދު ދުވަސަކަމުގައިވާ 20 ޖުލައި 2021 ވާ އަންގާރަ ދުވަހަކީ މާލެ ސިޓީގެ ރައްޔިތުން ހަމަޖެހިލައިގެން އުފާ ފާޅުކޮށްލައި ހިތްހަމަ ޖައްސާލައި އުޅޭ ދުވަހަކަށް ހެދުމަށްޓަކައި ހަވީރު 16:00 އިން ރޭގަނޑު 20:00 އަށް މާލޭ ސިޓީގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާ ކަމުގައި ހަމަޖައްސައިފީމެވެ.

އިޢުލާން

ވީމާ، 20 ޖުލައި 2021 ވާ އަންގާރަ ދުވަހުގެ ހަވީރު 16:00 އިން ރޭގަނޑު 20:00  އާއި ދެމެދު އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ތިރީގައި މިދަންނަވާ އުޅަނދު ފިޔަވައި އެހެން އުޅަނދު މާލޭ ސިޓީގައި ދުއްވުމަކީ "އެއްގަމު ދަތުރުފަތުރުގެ ޤާނޫނު" 2009/5 ގެ 5 ވަނަ މާއްދާގެ (ރ) ގެ ދަށުން މަނާކަމެއް ކަމުގައި ޢާއްމުކޮށް އަންގާ އިޢުލާންކުރަމެވެ.

1-      ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމުއުޅަނދު

2-      އެމްބިއުލެންސް

3-   ފުރާމީހުން ބޭނުންކުރުމަށް ހުއްދަދެވޭ އުޅަނދު

4-      ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޚާއްޞަކުރެވިފައިވާ އުޅަނދު

5-      ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ޚިދުމަތް

6-      އެދުވަހުގެ އެގަޑިގައި ދުއްވުމުގެ ހުއްދަދެވޭ އުޅަނދު

މިއެންގުމާއި ޚިލާފްވާ ފަރާތްތައް 2009/5 (އެއްގަމުދަތުރުފަތުރުގެ ޤާނޫނު) ގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެކަމުގައި އަންގާ ޢިއްލާން ކުރީމެވެ.

07 ޛުލްޙިއްޖާ  1442                 

17 ޖުލައި 2021

ނޯޓް: މި އިޢުލާނަކީ މި އޮތޯރިޓިގެ ނަންބަރު (IUL)202-A/1/2021/69 އިޢުލާނު ބާޠިލު ކުރުމަށްފަހު ކޮށްފައިވާ އިއުލާނެކެވެ. 

17 ޖުލައި 2021
ހޯދާ