މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާމު ކޯހަކާއި ޖަނާޒާ ކޯހެއް ހިންގަދޭނެ ފަރާތެއް ހޯދުން

ދަރަވަންދޫގައި އިމާމުވެ ނަމާދުކުރާނެ އިމާމުން އިތުރުކުރުމަށާއި ޖަނާޒާގެ ކަންކަން ކުރާނެ ފަރާތްތައް އިތުރުކުރުމަށް އިމާމު ކޯހަކާއި ޖަނާޒާ ކޯހެއް ހިންގަން ބޭނުންވެ އެވެ.

ވީމާ، އިމާމު ކޯހަކާއި ޖަނާޒާ ކޯހެއް އޮންލައިންކޮށް ކުރިއަށް ގެންގޮސްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2021 އޯގަސްޓް 4 ވާ ބުދަދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.  ޕްރޮޕޯސަލްގައި ކޯސް ކުރިއަށް ގެންދެވޭނެ އަގަކާއި ކޯހުގެ މުއްދަތު ހިމަނަންވާނެ އެވެ.  މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ކައުންސިލްގެ ރައީސް ޢަލީ ސަމީޙް (ފޯން: 9588128) އާއި ގުޅުއްވުން އެދެމެވެ.

15 ޖުލައި 2021
ހޯދާ