އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - އޮފިސަރ (ޖީ.އެސް 3) - އިންފޮމޭޝަން ސަރވިސް ސެކްޝަން

(IUL)38-AB/38/2021/658 :ނަންބަރު 

އިޢުލާން

 ވަޒީފާގެ ފުރުޞަތު

 މަޤާމް

 އޮފިސަރ (ޖީ.އެސް 3)

 ބޭނުންވާ ޢަދަދު:

 01 (އެކެއް)

 ސެކްޝަން:

 އިންފޮމޭޝަން ސަރވިސް ސެކްޝަން

 އަސާސީ މުސާރަ:

 މަހަކު 4465.00 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ)

 ސާރވިސް އެލަވަންސް:

 މަހަކު 1500.00 (އެއްހާސް ފަސްސަތޭކަ)

 ލިވިންގ އެލަވަންސް:

 މަހަކު 3000.00 (ތިންހާސް ރުފިޔާ)

 ޚާއްޞަ އެލަވަންސް:

 މަހަކު 2009.25 (މުސާރައިގެ %45)

 ވަޒީފާގެ ބާވަތް: 

 ދާއިމީ

 މަސައްކަތުގެ ވަގުތު:

 އިލެކްޝަންސް ކޮމިޝަންގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން.

 ފެންވަރު ނުވަތަ ޝަރުޠު:

 1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޚާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކްންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޚާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 އެހެނިހެން ޝަރުތު:

 1. މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.

 2. ދިވެހި އަދި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގުން.

 3. ޢުމުރުން 45 އަހަރު ނުފުރޭ މީހަކު ކަމުގައިވުން.

 4. ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.

 5. ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.

 6. މަޤާމް ގެ މަސްއޫލިއްޔަތު އަދާ ކުރުމުގެ ޤާބިލްކަން ހުރި މީހެއް ކަމަށް އިންޓަވިއު ޕެނަލަށް ސާބިތު ކޮށްދިނުން

 މަސްއޫލިއްޔަތު:

 - ސެކްޝަންގެ ޕްލޭންގައި އިންފޮމޭޝަން ސިސްޓަމްތަކާއި ބެހޭގޮތުން ރޭވިފައިވާ ޓާސްކްތައް ފުރިހަމަ ކުރުން.

 - ކޮމިޝަންގައި ބޭނުންކުރަމުންދާ އިންފޮމޭޝަން ސިސްޓަމުތަކުގެ ތެރެއިން ހަވާލުކުރެވިފައިވާ ސިސްޓަމުތަކުގެ ސިސްޓަމު އެޑްމިނިސްޓްރޭޓަރގެ ދައުރު އަދާކުރުން.

 - އިންފޮމޭޝަން ސިސްޓަތުކުގައި މަސައްލައެއް އުޅޭނަމަ ސްޕަވައިޒަރަށް އެންގުން.

 - ކޮމިޝަންގެ އެކިއެކި މަސައްކަތްތަކަށް ބޭނުންވާ އެޕްލިކޭޝަންތައް ސެކްޝަންގެ ހެޑް ލަފަޔާއި އިރުޝާދުގެ މަތިން ފަރުމާކޮށް  ތައްޔާރުކޮށް ޓެސްޓްކުރުމުގެ މަސައްކަތް ކުރުމާއި އަދި އެޕްލިކޭޝަންތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.

 - އެޕްލިކޭޝަން ތައްޔާރުކުރަން ބޭނުންވާ ރިކުއާމަންޓްތައް އެއްކުރުމުގެ މަސައްކަތްކުރުން.

 - އެޕްލިކޭޝަން ޑިޒައިން ކުރުމުގެ މަސައްކަތްކުރުން.

 - އެޕްލިކޭޝަން ކޯޑް ކުރުމުގެ މަސައްކަތްކުރުން.

 - ޓެސްޓިން، އެޕްލިކޭޝަން މަސައްކަތް ކުރަނީ ރަގަނޅަށްތޯބެލުން.

 - އެޕްލިކޭޝަންތައް ޑިޕޮލޯއި ކުރުމުގެ މަސައްކަތްކުރުން.

 - އިންޕްލިމެންޓް ކުރެވިފައިވާ އެޕްލިކޭޝަންތަކާއި ވެބްސައިޓް މޮނިޓަރ ކުރުމުގެ މަސައްކަތް.

 - އެޕްލިކޭޝަން އެސެސްކޮށް ގެނަން ޖެހޭ ބަދަލެއްވާނަމަ އެކަންތައްތައް ފާހަގަކޮށް ބަދަލުކުރުމުގެ މަސައްކަތް ކުރުން.

 - ހަވާލުވެފައިވާ ސާވަރ ތަކުގެ ސްޓޭޓަސް ރިޕޯރޓް ތައްޔާރުކުރުން.

 - ކޮމިޝަނުގެ ވެބްސަޓް މެއިންޓެއިންކޮށް ބެލެހެއްޓުން.

 - ސެކްޝަން ވެރިއެއްގެ މަސައްކަތްތަކުގައި އެހީތެރިވުން.

 - ސެކްޝަނަށް ހުށައެޅޭ ހެލްޕްޑެސްކް ރިކުއެސްޓުތަކުގެ މަސައްކަތް  ކުރުން.

 - އައި.ސީ.ޓީ ސެކްޝަންގައި މެންޑޭޓްގައި ހިމެނޭ މަސައްކަތްތަކުގެ ތެރެއިން ހަވާލުކުރެވޭ މަސަކަތްތަށް ކުރުން.

 - ކޮމިޝަނުން އަންގާ ގޮތެއްގެ މަތިން އިންތިޙާބާއި ގުޅިގެން ކުރަން ޖެހޭ ކަންކަން ކުރުން.

 ހުށަހަޅަންޖެހޭ ލިޔުންތައް:

 1. ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު

 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

 4. ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ)

  - ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ ހުށަހަޅުމުގައި އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ޖަހާފައިވާ ތައްގަނޑަކީ އިޢުލާނު ކުރާ ތާރީޚަށްވުރެ 1 (އެކެއް) އަހަރު ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައި ޖަހާފައިވާ ތައްގަނޑެއް ކަމުގައިވުން.

  - ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،

  - ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،

 5. މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން:

  - މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ.

  - މިހާރު އަދާކުރަމުންދާ ވަޒީފާއެއްގެ ލިޔުން ހުށަހަޅާނަމަ އެލިޔުމަކީ އެއްމަސް ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައި ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ.

 މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:         

 މަޤާމަށް އެދި ހުށަހަޅަންޖެހޭ ފޯމާއި ލިޔެކިޔުންތައް ހުށަހަޅާނީ 10 އޮގަސްޓު 2021 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން އީމެއިލް ([email protected]) މެދުވެރިކޮށެވެ. (މެއިލްއާ އެޓޭޗްކުރެވޭނީ 10mb އަށްވުރެ ކުޑަ ފައިލްއެވެ.)

 

 އިތުރު މަޢުލޫމާތު:

 - ފޯމު ބަލައިގަތުމަށްފަހު ސައްޙަ ނޫން މަޢުލޫމާތެއް ހިމެނިފައިވާކަން ނުވަތަ ޝަރުތު ހަމަނުވާކަމަށް ފާހަގަ ކުރެވިއްޖެނަމަ އެފޯމެއް ބާޠިލު ކުރެވޭނެ އެވެ.

 - މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ.

 - އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަޞްލު ގެންނަވަން ވާނެއެވެ.

 - ވަޒީފާއަށް ކުރިމަތިލާ ފަރާތް އެމަޤާމަކަށް ޝަރުޠު ހަމެވެ އިންޓަވިއު ކުރެވުނު ނަމަވެސް އިންޓަވިއު އަދި ޢަމަލީ ޓެސްޓުން 50% އަށްވުރެ މަތިން މާކްސް ނުލިބޭނަމަ އެމަޤާމަށް ޤާބިލުނޫން ފަރާތެއް ކަމަށް ކަނޑައެޅޭނެއެވެ.

 - މި މަޤާމަށް ހޮވޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިއުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.

 - ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

 - މި މަޤާމަށް ހޮވުމަށްފަހު ވަޒީފާއަށް ނިކުތުމަށް އެންމެ ގިނަވެގެން ދެވޭނީ ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ މުއްދަތެކެވެ.

އޮފިސަރ – ޖީ.އެސް 3 ގެ މަޤާމަށް މާކުސް ދިނުމުގައި ބަލާނެ މިންގަނޑު

 ތަޢުލީމާއި ތަމްރީނު

40

 މަސައްކަތު ތަޖުރިބާ 

10

 އިންޓަވިޔު

35

 ޢަމަލީ ޓެސްޓު

15

 ޖުމުލަ

100

 

ޝޯޓްލިސްޓު ކުރެވޭގޮތް:

  • ޖެނެރަލް ސަރވިސްގެ ގިންތީގެ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރާނީ ތަޢުލީމާއި، މަސައްކަތާއި، ތަޖުރިބާއާއި، ތަމްރީނާއި، ހުނަރުގެ މާކްސަށް ބެލުމަށްފަހު ލިބޭ މާކްސްގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.
  • މަޤާމަށް ބޭނުންވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓްފިކެޓްތަކަށް ވުރެ މަތީ ސެޓްފިކެޓް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓްފިކެޓް ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ. އަދި ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓްފިކެޓްތަކަށް، މާކްސް ދެވޭނީ ތަޢުލީމަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ. (ޖީ.އެސް 3 އިން ފެށިގެން މަތީ ރޭންކުގެ މަޤާމުތަކަށް)
15 ޖުލައި 2021
ހޯދާ