ދިވެހިރާއްޖެ
އިއުލާން
ސްޓޭޓް-އޮފް-ދި-އާރޓް ޓިވެޓް ސެންޓަރ ކޮންސެޕްޓް ޑިޒައިން އަދި ޑީޓެއިލްޑް ޑްރޯވިންގް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުން
ހދ. ކުޅުދުއްފުށި، ރ.އަލިފުށި އަދި ޏ.ފުވައްމުލަކުގައި އެކޮމޮޑޭޝަން ބްލޮކަކާއެކު ސްޓޭޓް-އޮފް-ދި-އާރޓް ޓިވެޓް ސެންޓަރެއް ޤާއިމުކުރުމަށްޓަކައި ކޮންސެޕްޓް ޑިޒައިނާއި ބީއޯކިއު އަދި ތަފްސީލީ ކުރެހުން ތައްޔާރުކޮށްދޭނެ ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު އަރުވަމެވެ. މި މަސައްކަތާއި ގުޅުން ހުރި މައުލޫމާތާއި، ޝަރުތުތަކާއި، މާކްސްދޭނެ މިންގަނޑު އިއުލާނާއެކު މިވަނީއެވެ.
މައުލޫމާތު ސާފުކުރެއްވުމަށާއި ޝައުގުވެރިކަން ފާޅުކުރެއްވުމަށް އަދި މައުލޫމާތު ސެޝަންގައި ބައިވެރިވެލެއްވުމަށް 2021 ޖުލައި 29 ގެ 13:00 ގެ ކުރިން [email protected] އަށް އީ-މެއިލް ކުރެއްވުން އެދެމެވެ. އީ-މެއިލް ކުރައްވާއިރު ޝައުގުވެރިކަން ފާޅުކުރައްވާ ތަނުގެ މައުލޫމާތު ހިމަނަންވާނެއެވެ. މައުލޫމާތު ދިނުން އޮންނާނީ 2021 އޮގަސްޓް 03 ގެ 13:00 ގައި އޮންލައިންކޮށެވެ. އަދި ރަޖިސްޓްރީކުރައްވާ ފަރާތްތަކަށް ސެޝަންގެ ލިންކް އީ-މެއިލް އިން ލިބިވަޑައިގަންނަވާނެއެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ، 2021 އޮގަސްޓް 11 ގައި އަންނަނިވި ގަޑިތަކުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ފެންބިލްޑިންގ 2 ވަނަ ފަންގިފިލާގައެވެ.
- ހދ.ކުޅުދުއްފުށި: 2021 އޮގަސްޓް 11 ވަނަ ދުވަހުގެ 09:00
- ރ.އަލިފުށި: 2021 އޮގަސްޓް 11 ވަނަ ދުވަހުގެ 11:00
- ޏ.ފުވައްމުލައް: 2021 އޮގަސްޓް 11 ވަނަ ދުވަހުގެ 13:00
މައުލޫމާތު ސެޝަނުގައި ބައިވެރިވެ ނުލެއްވިޔަސް އަންދާސީހިސާބު ހުށަހެޅުއްވޭނެކަން މައުލޫމާތަށްޓަކައި ދަންނަވަމެވެ.