އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
Hyper Converged Infrastructure (HCI) ސޮލިއުޝަން ހޯދުމަށް

ނަންބަރ: IUL-PROC-AS-2021-019


މި ކުންފުނީގެ ބޭނުމަށް HCI ސޮލިއުޝަން ހޯދަން ބޭނުންވެއްޖެއެވެ. މިމަސައްކަތާ ގުޅޭ މައުލޫމާތު ކަރުދާސް މި އިޢްލާނާއި އެކު ގެޒެޓުގައި ޝާއިޢުކުރެވިފައި ވާނެއެވެ.

މި މަސައްކަތަށް ރެޖިސްޓްރީ ވެލައްވަން ބޭނުންފުޅުވާ ފަރާތްތަކަށް ބިޑް ވިއްކުން އޮންނާނީ 01 އޮގަސްޓް 2021 އިން 05 އޮގަސްޓް 2021 ވަނަ ދުވަހުގެ 15:00 ގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 15:00 އަށް އާސަންދަ ކުންފުނީގެ މައި އޮފީހުގައެވެ. ބިޑް ޑޮކިއުމެންޓުގެ އަގަކީ 500ރ، (ފައްސަތޭކަ ރުފިޔާ) އެވެ. މަދުވެގެން 3 ފަރާތަކުން ރެޖިސްޓްރީ ކޮށްފައިނުވާނަމަ، މި އިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރެވޭނެއެވެ.

ބިޑު ހުށަހަޅާ ފަރާތްތަކުން މި މަސައްކަތުގެ ބިޑް ސެކިއުރިޓީ ގޮތުގައި -/64600ރ، (ފަސްދޮޅަސް ހަތަރުހާސް ހަސަތޭކަ ރުފިޔާ) މި ކުންފުންޏަށް ދައްކަންވާނެއެވެ. އަދި ބިޑް ކާމިޔާބު ކުރާ ފަރާތުން ޕާފޯމެންސް ގެރެންޓީއެއްގެ ގޮތުގައި މަސައްކަތުގެ ޖުމްލަ އަގުގެ އަށްވާ އަދަދު މި ކުންފުންޏަށް ހުށަހަޅަންވާނެއެވެ.

12 އޮގަސް 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ވެބް މީޓިންގ އެއް މެދުވެރިކޮށް އަންދާޒީ ހިސާބު ހުށަހެޅުއްވުން އޮށްނާނެއެވެ. ވެބް މީޓިންގގެ ލިންކް، ރެޖިސްޓްރީކުރައްވާފައިވާ ފަރާތްތަކަށް މެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.  އަންދާސީ ހިސާބު ފޮނުވާނީ މެއިލްގެ ޒަރިއްޔާއިން މި ދެންނެވި މީޓިންގގައެވެ.

ކަނޑައެޅިފައިވާ ސުންގަޑި އަށް ރެޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކާއި ވެބް މީޓިންގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެވެ.

15 ޖުލައި 2021

ޕްރޮކިޔުމެންޓް ސެކްޝަން

ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ

އަމީނީ މަގު، މައްޗަންގޯޅި، 20375

މާލެ، ދިވެހިރާއްޖެ

އީމެއިލް: [email protected]    ވެބްސައިޓް: www.aasandha.mv    ފޯން: 3011483      

15 ޖުލައި 2021
ހޯދާ