ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެލާ ކައުންސިލުން ރާވާ ހިންގާ ކުޅިވަރު މުބާރާތްތަކުގައި ޓީމްތައް ބައިވެރިވުމާ ބެހޭ އުޞޫލް

ކެލާ ކައުންސިލުން ރާވާ ހިންގާ ކުޅިވަރު މުބާރާތްތަކުގައި ޓީމްތައް ބައިވެރިވުމާ ބެހޭ އުޞޫލް

  1. ތަޢާރަފް

   (ހ) މިއީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 151 ވަނަ މާއްދާއިން ތިލަދުންމަތީ އުތުރުބުރީ ކެލާކައުންސިލަށް ލިބިދޭ ބާރުގެ ދަށުން، ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލުން ރާވާ ހިންގާ ކުޅިވަރު މުބާރާތްތަކުގައި ޓީމްތައް ބައިވެރިވުމާ އަދި މުބާރާތް ކުރިއަށް ގެންދިއުމުގައި ޢަމަލު ކުރުމަށް ހެދިފައިވާ ޢާންމު އުސޫލެކެވެ.

2. އުޞޫލުގެ ނަން (ށ)  މި އުޞޫލަށް ކިޔާނީ " ކެލާ ކައުންސިލުން ރާވާ ހިންގާ ކުޅިވަރު މުބާރާތްތަކުގައި ޓީމުތައް ބައިވެރިކުރުމާ ބެހޭ އުޞޫލް" މިހެންނެވެ.

 

2. މަޤްސަދު   (ހ)  ކެލާ ކައުންސިލުން އިންތިޒާމް ކޮށްގެން ހިންގާ މުބާރާތް ތަކުގައި ޓީމްތައް ބައިވެރިވުމަށް ފަސޭހަވުމަށާއި އިދާރީ ގޮތުން މުބާރާތް ހިންގުމުގައި ލުއިފަސޭހަ ކުރުމުގެ މަޤްޞަދުގައެވެ.

 

3 ޢަމަލު ކުރަން ފަށާ ތާރީޚް   

   (ހ) މި އުޞޫލަށް ޢަމަލުކުރަން ފަށާނީ، މިއުޞޫލް ކައުންސިލުން ފާސްކޮށް ޢާއްމުކުރާ ދުވަހުންފެށިގެންނެވެ.

4. މުބާރާތްތައް އިންތިޒާމު ކުރުން

(ހ) ކައުންސިލުން ރާވާ ހިންގާ މުބާރާތްތައް ބޭއްވުމަށް ހަމަޖައްސާ ތާރީޚް އަކާއި މުބާރާތް ބާއްވާ ތަނެއް ކަނޑައަޅާނީ ކެލާ ކައުންސިލްގެ އިދާރާއިންނެވެ.

(ށ) ކައުންސިލުން ހުއްދަ ލިބިގެން ނޫންގޮތަކަށް ކެލާގައި އެއްވެސް މުބާރާތެއް ބޭއްވުމަކީ މަނާކަމެކެވެ.

5. މުބާރާތުގައި ޓީމުތަށް ބައިވެރިވުން:

(ހ) މި އުޞޫލުގެ ދަށުން ކެލާ ކައުންސިލުން ރާވާ ހިންގާ މުބާރާތްތަކުގައި ބައިވެރިވުމަށް ހަމަޖެހިފައިވަނީ ކައުންސިލުން ދޫކުރާ ފޯމު ފުރިހަމަ ކުރުމަށްފަހު ކައުންސިލް އިދާރާގައި ރަޖިސްޓްރީކުރާ ޓީމުތަކަން އެކަންޏެވެ. 

(ށ) ކުޅިވަރު ޓީމެއް އަލަށް ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާއިރު ތިރީގައިމިވާ ލިޔުންތައް ފުރިހަމަ ކުރަންވާނެއެވެ.

(1) ޓީމު ރަޖިސްޓްރީ ކުރަން އެދޭމީހާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ

(2) ޓީމުގެ ލޯގޯއެއް، ދިދައެއް ނުވަތަ ކުލައެއް ބޭނުންނަމަ އެތަކެތީގެ ތަފްޞީލް އެނގޭނެހެން ކުރެހުމުގެ ސޮފްޓް ކޮޕީ ހުށައަޅަން ވާނެއެވެ.

(3) ޓީމުގެ މޮޓޯއެއް ބޭނުންކުރަން ގަސްތުކުރާނަމަ އެމޮޓޯއަކާ އޭގެ މާނަ.

(4) ޓީމުގެ މެމްބަރުންނާއި ދެމެދު ވެވިފައިވާ އެއްބަސްވުމުގެ ކޮޕީ

(4) ޓީމް ރަޖިސްޓްރީ ކުރަނީ ސަރުކާރުގެ /އަމިއްލަ އޮފީހެއް ނުވަތަ ކުންފުންޏެއްގެ ނަމުގައި ކަމުގައިވާނަމަ އެއިދާރާއެއްގެ އިޢުތީރާޒެއް ނެތް ކަމުގެ ލިޔުން.

(5) މި އުޞޫލުދެ ދަށުން ޓީމުތަށް ރަޖިސްޓްރީ ކުރުމުގައި މިނިސްޓްރީ އޮފް ޔޫތުސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގައި ރަޖިސްޓްރީ ކޮށްފައިވާ ޓީމުތަކުން ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅާއިރު މިނަމްބަރގެ (2،3،4) ގައި ބަޔާންކޮށްފައިވާ ލިޔުންތަށް ހުށަހަޅަން ނުޖެހޭނެއެވެ.

6. ޓީމްތަށް ރަޖިސްޓްރީ ކުރިކަމުގެ ލިޔުން ދޫކުރުމާއި ޓީމުތަކުގެ ދަފުތަރު ބެލެހެއްޓުން

(ހ)ރަޖިސްޓްރީ ކުރުމަށް އެދި ކެލާ ކައުންސިލަށް ހުށަހަޅާ ޓީމުތަކުން ހުށަހަޅާ ތާރީޚުން ފެށިގެން 15 ( ފަނަރަ) ދުވަހުގެ މުއްދަތުގައި ރަޖިސްޓްރީ ކުރެވުނުކަން އަންގާ ލިޔުން ކައުންސިލުން އެފަރާތަކަށް ދޫކުރަންވާނެއެވެ.

(ށ) އަދި މިއުޞޫލުގެ ދަށުން ރަޖިސްޓަރީ ކުރެވޭ ޓީމްތަކުގެ ދަފުތަރެއް ކެލާ ކައުންސިލުން އެކުލަވާލާ ބަލަހައްޓަން ވާނެއެވެ.

7. ޓީމުތަށް ކައުންސިލުގެ ދަފްތަރުން އުނިކުރުން

(ހ) މި އުޞޫލުގެ ތެރެއިން ޓީމުތަށް ކައުންސިލުގެ ދަފްތަރުން އުނި ކުރުމަށް  ހަމަޖެހިފައިވަނީ އެކަމަށް އެދި މިކައުންސިލް އިދާރާއަށް ލިޔުމުން ހުށަހެޅުމުންނެވެ.

(ށ) ނަމަވެސް ކުޅިވަރުގެ ޤަވާޢިދުތަކާއި ޚިލާފަށް ޢަމަލު ކުރަމުންދާ ޓީމުތަށް ކައުންސިލުގެ ދަފްތަރުން އުނިކުރުމުގެ ބާރު މިއުޞޫލުގެ ތެރެއިން ކެލާ ކައުންސިލަށް ލިބިގެންވެއެވެ. 

 

15 ޖުލައި 2021
ހޯދާ