މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
ދިވެހިރާއްޖެ
MOC Extra-Ordinary General Assembly

                                                                                                              MOC/IUL/2021/088

އިޢުލާން

 

  މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އޮލިމްޕިކް ސްޕޯރޓްސް އަންހެން މެމްބަރ

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީގައި ހިމެނޭ އަންހެން މެމްބަރުންގެ ތެރެއިން އޮލިމްޕިކް ސްޕޯރޓްސް ތަމްސީލް ކުރާ މެމްބަރް އިންތިޚާބް ކުރުމަށް ބާއްވާ ބައި އިލެކްޝަން ކުރިއަށް ގެންދިއުމަށްޓަކައި މި ކޮމިޓީ ގެ ހާއްސަ އާއްމު ޖަލްސާ 14 އޮގަސްޓް 2021 ވާ ހޮނިހިރު ދުވަހު ބާއްވާގޮތައް ވަނީ ހަމަޖެހިފައެވެ. ވީމާ، ހިންގާ ކޮމިޓީގެ ތިރީގައި މިދަންނަވާ މަގާމަށް މެމްބަރު ޖަމްއިއްޔާ ތަކުން ނަން ހުށަހެޅުމަށް ހުޅުވާލައިފީމެވެ.

1-                  އަންހެން މެމްބަރ (އޮލިމްޕިކް ސްޕޯރޓްސް)

 

މި މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން މިކޮމިޓީގެ މެމްބަރު ޖަމިއްޔާއެއް މެދުވެރިކޮށް އެޕްލިކޭޝަން ފޯމް ހުށަހެޅުއްވުން އެދެމެވެ. ފޯމް ހުށަހަޅުއްވާނީ ފޯމްގައި ބަޔާން ކޮށްފައިވާ ގޮތައް މި ކޮމިޓީ ގެ ޗެއާރމަން އަށް އެޑްރެސް ކޮށް، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (ހ. ރަސްމީ ބޯޅަގެ، ދެވަނަ ފަންގިފިލާ، އަބަދައްއުފާ މަގު، މާލޭ/ދިވެހިރާއްޖެ) އަށެވެ.

އެޕްލިކޭޝްން ފޯމް 1 އަދި 2  01 އޮގަސްޓް 2021 ވާ އާދިއްތަ ދުވަހުގެ 1500 ގެ ކުރިން މިކޮމިޓީ އަށް ހުށަހެޅުއްވުން އެދެމެވެ.

އަދި ވޯޓަރސް ރަޖިސްޓްރޭޝަން ފޯމް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ 12 އޮގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ 1500 ގެ ކުރިންނެވެ.

 

ފޯމްތައް ބަލައިގަނެވޭނީ ފޯރމްގައި ބަޔާންކޮށްފައިވާ ހުރިހާ ޑޮކިއުމަންޓެއް އެޕްލިކޭޝަން ފޯމް އާއިއެކު ހުށަހަޅާފައިވާނަމެވެ.

އިތުރު މައުލޫމާތް ބޭނުންފުޅު ނަމަ 3346640 ނަންބަރ ފޯނާއި ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

14 ޖުލައި 2021
ހޯދާ