ފުޅަދޫ ސްކޫލް/ ބ.ފުޅަދޫ
ދިވެހިރާއްޖެ
ސްކޫލްގައި ކުރަންހުރި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް.

އިޢުލާން

 

ސްކޫލްގައި ކުރަންހުރި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް.

 

        މިސްކޫލުންދޭ މަޢުލޫމާތާ އެއްގޮތަށް ތިރީގައި ދަންނަވާފައިވާ މަރާމަތުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

1-     4 ފާޚާނާގެ މުށި ބަދަލުކުރުން.

2-      އިމާރާތުގައި ކުލަލުން.

  1. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021ޖުލައި 15 އިން 2021 އޮގަސްޓް 2 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 11:30 އަށް މިސްކޫލަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.                                              
  2. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021އޮގަސްޓް 03 ވާ އަންގާރަ ދުވަހުގެ 11:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.                            

    1. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2021އޮގަސްޓް 04 ވާ ބުދަ ދުވަހުގެ 10:00 ގައި މިސްކޫލްގައެވެ.                               
    2. ބީލަން ހުށަހެޅުން އޮންނާނީ 2021އޮގަސްޓް 5 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.

 

  1. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

  1. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

   ފުޅަދޫ ސްކޫލް

ބ.ފުޅަދޫ

ފޯން: 6600013

އީ-މެއިލް: [email protected]

14 ޖުލައި 2021
ހޯދާ