ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ސްކޫލް
ދިވެހިރާއްޖެ
ޕްރީ ސްކޫލް ދަރިވަރުންނަށް ބޭނުންވާ ސްޓޭޝަނަރީ އާއި އެހެނިހެން ތަކެތި ހޯދަން ބޭނުންވެއްޖެ

ހަނިމާދޫ ސްކޫލް                       

ހދ. ހަނިމާދޫ، ދިވެހިރާއްޖެ

 

ނަންބަރ: GS60(B)/2021/017 

 

ބީލަން ހުށައެޅުމުގެ ދަޢުވަތު

  1. 2021 – 2022 ވަނަ އަހަރު މިސްކޫލް އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ ގައި ތަޢުލީމު ޙާޞިލްކުރާ ދަރިވަރުންނަށް ބޭނުންވާ ސްޓޭޝަނަރީ އާއި އެހެނިހެން ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.  
  2. މި ޕްރޮޖެކްޓަށް ބީލަން ހުށައެޅޭނެ ފަރާތްތަކުގެ ޝަރުޠުތައް ބީލަން ފޮތުގައި ބަޔާން ކޮށްފައި ވާނެއެވެ.
  3. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް އެދޭ ފަރާތަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ "2021 – 2022 ވަނަ އަހަރަށް ބޭނުންވާ ސްޓޭޝަނަރީ ވައުޗަރ" ތަކެތި ދޫކުރުމަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ. އަދި މިޝަރުޠު ހަމަވާ ފަރާތްތަކުން 2021 ޖުލައި 14 އިން 2021 އޮގަސްޓް 02ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް، ތިރީގައިވާ ލިންކު މެދުވެރިކޮށް، ފޯމް ހުށައެޅުއްވުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށައެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.
  4. މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ، 2021 އޮގަސްޓް 1 ވަނަ ދުވަހުގެ 10:00 ގެ ކުރިން، މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
  5. ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2021 އޮގަސްޓް 03 ވަނަ ދުވަހުގެ 10:00 ގައިހަނިމާދޫ ސްކޫލު އޮފީހުގެ ރިސެޕްޝަން ގައެވެ. 
  6. މި ޕްރޮޖެކްޓާގުޅޭ ބީލަންފޮތް މި އިޢުލާނާއެކު އެޓޭޗް ކޮށްފައި ވާނެއެވެ.
  7. މި ޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.

ހަނިމާދޫ ސްކޫލް

އޯކިޑްމަގު، ހދ. ހަނިމާދޫ، ދިވެހިރާއްޖެ.

ފޯން: 6520533 ، 9907020

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

ރަޖިސްޓްރޭޝަން ފޯމްގެ ލިންކު:

https://docs.google.com/forms/d/e/1FAIpQLSfVFY4jxAxj2T9t-WDF-b1yb8OqvJYwB44nDLGxD72bVIw7bg/viewform   

                                   04 ޛުލްޙިއްޖާ 1442     

              14 ޖުލައި 2021މ                                                              

 

ނޯޓް: އަންދާސީ ހިސާބު ހުށައެޅުމަށް ވަޑައިގަންނަވާނީ މާސްކް އަޅުއްވައިގެންނެވެ.   

14 ޖުލައި 2021
ހޯދާ