ކިނބިދޫ ސްކޫލް، ތ. ކިނބިދޫ
ދިވެހިރާއްޖެ
ސްކޫލް މަރާމާތުކުރުން

ކިނބިދޫ ސްކޫލް

ތ. ކިނބިދޫ

ދިވެހިރާއްޖެ                           ނަންބަރު: GS55/IUL/2021/07

އިޢުލާން

 

   ތިރީގައި މިދަންނަވާ މަރާމާތުތައް ކޮއްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

ކުރަންހުރި މަރާމާތުތައް

1.     ގްރޭޑް 1 ގެ ފާޚާނަ

2.     ހޯލުގެ ޕާޓިޝަންތައް

މިބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ( ޤާނޫންނަމްބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ (ޤާނޫން ނަމްބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މިޕްރޮޖެކްޓާބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 25 ޖުލައި 2021 ވާ އާދިއްތަ  ދުވަހުގެ 10:00 ގައި މި ސުކޫލުގައެވެ.

ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 5 އޯގަސްޓު 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 އެވެ. އަދި ބީލަން ހުޅުވުން އޮންނާނީ ހަމައެގަޑީ ގައި، އެސްޓިމޭޓް ހުށަހެޅި ފަތާތްތަކުގެ ހާޟިރުގައެވެ. ބީލަން ހުށަހަޅާ ފަރާތުން ނުވަތަ ބަދަލުގައި އަންނަ ފަރާތުން މިބައްދަލުވުމުގައި ބައިވެރި ވާންވާނެއެވެ. ބަދަލުގައި އަންނަ ފަރާތުން އެސްޓިމޭޓް ހުށަހަޅާ ފަރާތުގެ ސިޓީއާއި އައިޑީ ކާޑު ކޮޕީ އަދި ބަދަލުގައި އަންނަ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ ގެންނަންވާނެއެވެ.

އިތުރު މަޢުލޫމާތު މި ސުކޫލުން ލިބިވަޑައިގަންނަވާނެއެވެ.

ފޯން: 6780098

އީ-މެއިލް: [email protected]

  

4  ޛުލްޙިއްޖާ      1442 

14  ޖުލައި       2021 

 

 

                                        އަޙުމަދު ޢަބްދުﷲ

                                            ޕްރިންސިޕަލް

                                       

14 ޖުލައި 2021
ހޯދާ