މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅިވަރު ސާމާނު ސަޕްލައިކޮށްދޭނޭ ބަޔަކު ހޯދުން

މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ޒުވާނުންގެ މަރުކަޒު ތަރައްޤީކުރުމުގެ ގޮތުން މި އިޢުލާނުގައި ލިސްޓުކުރެވިފައިވާ ކުޅިވަރު ސާމާނު ހޯދާން ބޭނުންވާތީ، އެ ތަކެތި ސަޕްލައިކޮށްދޭނޭ ބަޔަކު ހޯދުމަށް ބޭނުންވެއެވެ.

COUNT

ITEM DESCRIPTION

QTY

1

TT TABLE AND NET

1

2

TT RACKET

8

3

TT BALL

5

4

DART SET

3

5

CHESS BOARD SET/ WOODEN

2

6

BILLIARD TABLE/ FULL SET

1

7

CLASSIC FOOTBALL TABLE

1

ވީމާ މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވައިލަމެވެ.

ބީލަމުގައި ބައިވެރިވެވޭނީ، ހަމައެކަނި ބީލަމުގައި ބައިވެރިވުމަށް އެދި 2021 ޖުލައި 15 ވާ ބުރާސްފަތި ދުވަހު މެންދުރު 12:00 ގެ ކުރިން ރަޖިސްޓްރީކުރުމަށް ހުށަހަޅާ ފަރާތްތަކަށެވެ. ރަޖިސްޓްރީކުރުމަށް ހުށަހަޅާނީ ކައުންސިލް އިދާރާގެ ރަސްމީ ގަޑީގައި ރަސްމީ ފޯނާ ގުޅައިގެންނެވެ. ނުވަތަ ތިރީގައި މި ބަޔާންކުރާ މަޢުލޫމާތު ހިމަނައި ވައިބަރ މެސެޖަކުންނެވެ.

ވިޔަފާރީގެ ނަން – ވިޔަފާރި ރެޖިސްޓެރޭޝަން ނަންބަރު – ފޯނު ނަންބަރު

(ވައިބަރކުރާނީ 7763264 އަށެވެ.)

 

މަސައްކަތާ ގުޅޭ ގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުން ތިރީގައިވާ ތާވަލާ އެއްގޮތަށް މި އިދާރާ ގައި ކުރިޔަށް ދާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

15 ޖުލައި 2021 (ބުރާސްފަތި) މެންދުރުފަހު 1:00

ބީލަން ހުށަހެޅުއްވުމުގެ ބައްދަލުވުން

8 އޮގަސްޓް 2021 (އާދީއްތަ) މެންދުރުފަހު 1:00

 

މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު (ގާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައްޔާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކުންފުންޏެއްގެ ފަރާތުން ބައިވެރިވާ ނަމަ، ކުންފުނީގެ ވިޔަފާރި ރެޖިސްޓްރޭޝަންގެ ކޮޕީއެއް ހުށަހަޅާންވާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލު ގައި މީހަކު ފޮނުވާ ނަމަ ސިޓީއަކާ އެކު ފޮނުވުން އެދެމެވެ.

މި މަސައްކަތަށް ބީލަން ހުށަހަޅާނީ އެ ކަމަށް ތައްޔާރުކޮށްފައިވާ ބީލަން ފޮތުންނެވެ. ބީލަން ފޮތެއްގެ އަގަކީ 100.00ރ. (އެއް ސަތޭކަ ރުފިޔާ) އެވެ.

އިތުރު މަޢުލޫމާތު ސާފުކުރަން ތިރީގައިވާ ނަންބަރަށް ގުޅުން އެދެމެވެ. ނުވަތަ އީމެއިލް އެޑްރެހަށް މެއިލްކުރުން އެދެމެވެ.

 

ކައުންސިލް އިދާރާގެ ފޯނު ނަންބަރު:

6560015

ކައުންސިލް މޯބައިލް ފޯނު ނަންބަރު:

7763264

ކައުންސިލް އިދާރާގެ އީމެއިލް އެޑްރެސް:

[email protected]

ޕްރޮޖެކްޓް ފޯކަލް ޕޮއިންޓް (ޢަލީ މުޒުހިރު، އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް):

7841529

 

4 ޛުލްޙިއްޖާ 1442ހ.

14 ޖުލައި 2021މ.

14 ޖުލައި 2021
ހޯދާ