ދިވެހިރާއްޖެ
މަޑުއްވަރީ ސްކޫލް
މ.މަޑުއްވަރި
ދިވެހިރާއްޖެ
ނަމްބަރ : GS–167/IUL/2021/02
2021-2022 ވަނަ އަހަރުގެ ދިރާސީ އާއަހަރު ފެށުމުގެ ކުރިން ސްކޫލުގައި ކުރަންހުރި ބައެއް މަރާމާތުތައް ކޮއްދޭނެ ފަރާތެއް ހޯދުން
އިޢުލާން
މިސްކޫލުގައި މިދަންނަވާ މަރާމާތުކުރުމަށް ބޭނުންވެއްޖެއެވެ.
މިސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް ތިރީގައި މިދަންނަވާ މަސައްކަތް އަމިއްލަތަކެތީގައި ކޮއްދޭނެފަރާތެއް ބޭނުންވެއްޖެއެވެ.
- 1 ކުލާސްރޫމުގައި މުށިޖެހުން
މަޢުލޫމާތު ދިނުމުގެ ސެޝަން |
އަންދާސީހިސާބު ހުށަހެޅުމާއި ކެނޑުން |
ތަން |
4 އޮގަސްޓް 2021 ވަނަ ދުވަހު 10:00 |
16 އޮގަސްޓް 2021 ވަނަ ދުވަހު 10:00 |
މ. މަޑުއްވަރީ ސްކޫލް |
މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި އަދި މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ހިއްޕަވައިގެން ވަޑައިގެންނެވުމަށް މަޢުލޫމާތައްޓަކައި ދަންނަވަމެވެ.
މި މަސައްކަތަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރާތެއް ހޮވުމަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ބައިތައް ތިރީގައި މިވަނީއެވެ. ޕޮއިންޓް ދެވޭ ގޮތުގެ ތަފުސީލު ބީލަން ތައްޔާރުކޮށް ހުށަހަޅާނެ ގޮތުގެ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 7952908 ނަންބަރަށެވެ.
1- މަސައްކަތުގެ އަގަށް 60 ޕޮއިންޓް
2- މަސައްކަތް ނިންމާނެ މުއްދަތު 20 ޕޮއިންޓް
3- މިފަދަ މަސައްކަތެއް ކުރެވިދާނެ ކަމުގެ މާލީ ޤާބިލުކަމަށް 10 ޕޮއިންޓް
4- މިފަދަ މަސައްކަތުގެ ތަޖުރިބާ 10 ޕޮއިންޓް
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.