ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ހިއުމަން ރައިޓްސް ކޮމިޝަނުގެ އެސިސްޓެންޓު އެޑްވޮކަސީ އޮފިސަރގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު

 

ވަޒީފާގެ ފުރުޞަތު

ތާރީޚް   

 

12 ޖުލައި 2021      

ނަންބަރު  

       (IUL)168-CA/1/2021/60

އެޑްވޮކަސީ ޑިޕާޓްމަންޓް

މަޤާމު:        

 އެސިސްޓެންޓު އެޑްވޮކަސީ އޮފިސަރ

ބޭނުންވާ ޢަދަދު:   

 01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

 ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/9,550 ރުފިޔާ

- ލިވިންގ އެލަވަންސް -/3000 ރުފިޔާ

- ސާރވިސް އެލަވަންސް -/3500 ރުފިޔާ

މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 ރަސްމީ ގަޑި     

 ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށް

ޝަރުޠު:       

  1. މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަޑުގެ 5 ވަނަ  ސަނަދު) ހާސިލް ކޮށްފައިވުމާއެކު މަޤާމާގުޅޭ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން އެޑްވާންސް ސެޓްފިކެޓް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަނޑުގެ 4 ވަނަ ސަނަދު) ހާސިލްކޮށްފައި ވުމާއެކު މަސައްކަތާ ގުޅޭ  ދާއިރާއެއްގައި މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

  1. އިންސާނީ ޙައްޤުތައް ކުރިއަރުވާ ދެމެހެއްޓުމަށްޓަކައި އެޑްވޮކޭޓް ކޮށްގެން ހެޔޮ ބަދަލުތަކެއް ގެނެވިދާނެ ކަންކަން ކޮމިޝަންގެ އެހެން ޑިޕާޓްމަންޓުތަކާގުޅިގެން ދެނެގަތުމާއި، އިންސާނީ ޙައްޤުތަކަށް އާންމުން ހޭލުންތެރިކުރުމުގެ ގޮތުން އެޑްވަކަސީ ކެމްޕެއިންތައް ރާވާ ހިންގުމުގައި އެހީތެރިވެދިނުން.
  2. ކޮމިޝަނުން ނިންމާ ކަންތައްތަކާއި ކޮމިޝަނުން ރާވާފައިވާ ހަރަކާތްތަކާއގުޅިގެން ކުރަންޖެހޭ އެޑްވޮކަސީ މަސައްކަތް ޑިރެކްޓަރުގެ ލަފާގެ މަތިން ޕްލޭންކޮށް އެމަސައްކަތްކުރުމަށް އެހީތެރިވެދިނުން.
  3. އިންސާނީ ޙައްޤުތައް ކުރިއެރުވުމަށް އެކި ވަޞީލަތްތައް ބޭނުންކޮށްގެން މަސައްކަތްކުރުމާއި އާންމުން ހޭލުންތެރިކުރުމަށް އެކިކަހަލަ އެޑްވަކަސީ މެޓީރިއަލް ތައްޔާރުކުރުން.
  4. އިންސާނީ ޙައްޤުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ އަމިއްލަ ޖަމާއަތްތައް ކުރާ މަސައްކަތްތައް ކުރިއެރުވުމަށާއި، އެފަދަ ޖަމާއަތްތަކަށް އެހީތެރިވުމުގެ ގޮތިން ކޮމިޝަނުން ކުރެވިދާނެ ކަންތައްތައް ދެނެގަނެ، އެކަންތައްތައް ކޮމިޝަނުގެ މަސައްކަތްތަކުގެ ތެރޭގައި ހިމަނައި މަސައްކަތްކުރުމަށް އެހީތެރިވެދިނުން.
  5. އިންސާނީ ޙައްޤުތަކަށް ހޭލުންތެރިކުރުމުގެ ގޮތުން ކޮމިޝަނުން ހިންގާ ޓްރޭނިން ޕްރޮގްރާމުތައް ރޭވުމުގައި އެހީތެރިވުން އަދި ޓްރޭނިން ޕްރޮގްރާމުތަކުގައި ފެސިލިޓޭޓަރެއްގެ ގޮތުގައި މަސައްކަތްކުރުން.
  6. މަސައްކަތާ ގުޅޭ ގޮތުން މީޑީޔާ ޕްރޮގްރާމްތަކުގައި ކޮމިޝަން ތަމްސީލުކޮށް މަޢުލޫމާތުދޭން ޖެހިއްޖެނަމަ އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ މަޢުލޫމާތު ދިނުން. 
  7. ކޮމިޝަނުން ބޭނުންވެއްޖެ ޙާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.
  8. އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.

 ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅާ ޑޮކިއުމަންޓުތަކުގެ ލިސްޓު ކޮންމެ މަޤާމަކަށްވެސް ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.)
  2. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް ކޮށްފައިވާ ކޮޕީއެކެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިނުވާ (ލެވެލް ކޮށްފައިނުވާ) ލިޔުންތައް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)  
  3. ސެޓްފިކެޓް ލިބިފައި ނުވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރު އަދި އީމެއިލް އެޑްރެސް ހިމަނާފައި)
  5. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން. (އިޢުލާނުގެ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ލިޔުމެއް، ވަޒީފާ އަދާކޮށްފައިވާ މުއްދަތު އެނގެން ނެތް  އެއްވެސް ލިޔުމެއް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)  

 ސުންގަޑި

 2021 އޯގަސްޓު 5 ދުވަހުގެ މެންދުރު 12:00 ގެ ކުރިން

 އެހެނިހެން

  1. މިމަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ  މަސައްކަތު ފެންވަރަށް ބަލައި ކޮމިޝަނުންނެވެ.
  2. ސާރވިސް އެލަވަންސްއާއި ލިވިންގ އެލަވަންސް ލިބޭނީ ޕްރޮބޭޝަން މުއްދަތު ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމަށް ކޮމިޝަނުން ނިންމައިފިނަމަ ވަޒީފާ ދާއިމީ ކުރާ ތާރީޚުން ފެށިގެންނެވެ.
  3. މި މަޤާމަށް ކޮމިޝަނުގެ މުވައްޒަފަކު ހޮވުނުކަމުގައި ވީނަމަވެސް 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ގުނޭނެއެވެ. އެހެންނަމަވެސް އެހެނިހެން އެލަވަންސްތައް މެދުނުކެނޑި ލިބޭނެއެވެ.
  4. މި މަޤާމުގެ އިންޓަވިއުއަށް ދެންނެވޭނީ ގިނަވެގެން 10 ކެނޑިޑޭޓުންނަށެވެ. މިމަޤާމަށް 10 ފަރާތަށް ވުރެން އިތުރަށް ކުރިމަތިލައްވައިފިނަމަ ޝޯޓް ލިސްޓް ކުރުމަށް ފުރަތަމަ ދެވޭނީ ތިއަރީ ޓެސްޓެކެވެ. އިންޓަވިއުއަށް ދެންނެވޭނީ ތިއަރީ ޓެސްޓްގެ ނަތީޖާއާއި ތަޢުލީމީ ފެންވަރަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަށެވެ.
  5. މި މަޤާމަށް 10 ފަރާތަށްވުރެ މަދުން ކުރިމަތިލައިފިނަމަ، ތިއަރީ ޓެސްޓް ދޭނީ އިންޓަރވިއު އޮންނަ ދުވަހު، އިންޓަވިއުގެ ފަހުންނެވެ.
  6. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދޭ ތިޔަރީ ޓެސްޓް އޮންނާނީ ކޮމިޝަނުގެ މައި އިދާރާ (މއ. އުތުރު ވެހި، 5 ވަނަ ފަންގިފިލާ) ގައެވެ.
  7. ތިޔަރީ ޓެސްޓަށް ނުވަތަ އިންޓަވިއުއަށް ވަޑައިގަތުމަށް ކޮމިޝަނުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެނޑިޑޭޓަކަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
  8. ކޮމިޝަނުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ ހަގުވެގެން މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
  9. ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެމްބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  10. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  11. އެޕްލިކޭޝަން ފޯމު ކޮމިޝަންގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

http://www.hrcm.org.mv/aboutus/announcements/others/JobApplicationForm2021.pdf

  1. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003143 ނުވަތަ 3003149 އަށެވެ. 
  2. އެޕްލިކޭޝަން ފޯމު ފޮނުއްވާނީ އީމެއިލް މެދުވެރިކޮށް [email protected] އަށެވެ.  މެއިލްކުރައްވާނީ ވަޒީފާއަށް އެދި ހުށަހަޅާ ހުރިހާ ލިޔެކިޔުންތަކެއް އެއް ޑޮކިއުމަންޓުގެ ގޮތުގައި ސްކޭންކޮށްފައިވާ PDF ފައިލްއެކެވެ.

                 

 

 

12 ޖުލައި 2021
ހޯދާ