ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ހިއުމަން ރައިޓްސް ކޮމިޝަނުގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ އޮފިސަރގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު

 

ވަޒީފާގެ ފުރުޞަތު

ތާރީޚް  

 

12 ޖުލައި 2021        

ނަންބަރު  

     (IUL)168-CA/1/2021/59

ކޯޕަރޭޓް އެފެއާރޒް ޑިޕާޓްމަންޓް

މަޤާމު:        

 އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީ (އައި.ސީ.ޓީ) އޮފިސަރ

ބޭނުންވާ ޢަދަދު:   

 01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

 ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ

މުސާރައާއި  ޢިނާޔަތްތައް:

- މުސާރަ: މަހަކު -/10,550 ރުފިޔާ

- ލިވިންގ އެލަވަންސް -/3000 ރުފިޔާ

- ސާރވިސް އެލަވަންސް -/3500 ރުފިޔާ

 މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ރަސްމީ ގަޑި     

 ހެނދުނު 8:00 އިން  މެންދުރުފަހު 15:00 އަށް

ޝަރުޠު:       

  1. މަސައްކަތާ ސީދާގުޅޭ ދާއިރާއަކުން ދަށްވެގެން ބެޗްލަރސް ޑިގްރީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 7 ވަނަ ސަނަދު) ޙާޞިލްކޮށްފައިވުމާއެކު މަސައްކަތާ ސީދާގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން، ނުވަތަ
  2. މަސައްކަތާ ސީދާގުޅޭ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 5 ވަނަ ސަނަދު) ޙާޞިލްކޮށްފައިވުމާއެކު މަސައްކަތާ ސީދާގުޅޭ ދާއިރާއަކުން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.

(މި މަޤާމަށް ޝަރުތު ހަމަވޭތޯ ބެލުމުގައި ގުޅޭ ދާއިރާ ކަމުގައި ބަލާނީ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ރޮނގުގައި ހިމެނޭ އެންމެހާ ދާއިރާތަކެވެ. އެގޮތުން ސޮފްޓްވެއަރ އިންޖިނިއަރިންގ، އިންފޮމޭޝަން ޓެކްނޮލޮޖީ، ނެޓްވާރކިންގފަދަ ދާއިރާތައް ހިމެނޭނެއެވެ.)  

މަޤާމުގެ މަސްއޫލިއްޔަތު

  1. ކޮމިޝަނުގައި ބޭނުންކުރާ ސަރވަރ، ފަޔަރވޯލް އަދި އެހެނިހެން ސިސްޓަމްތަކާއި ނެޓްވޯރކް ކޮންފިގަރކޮށް ބެލެހެއްޓުން
  2. ކޮމިޝަނުގައި ބޭނުންކުރާ ސޮފްޓްވެއަރ، ހާޑްވެއަރ އަދި ކޮމިޝަނުގެ ނެޓްވޯކް މެއިންޓެއިންކޮށް، ގެންނަންޖެހޭ ބަދަލުތައް ގެނެސް ދިމާވާ މައްސަލަތައް ހައްލުކޮށް ބެލެހެއްޓުން.
  3. ކޮމިޝަނުގެ ވެބްސައިޓު ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  4. ކޮމިޝަންގެ މުހިންމު ލިޔެކިއުންތަކާއި ޑޭޓާބޭސްތަކުގެ ބެކަޕް ބެލެހެއްޓުން.
  5. އެން.ސީ.އައި.ޓީއާއި ގުޅިގެން ބަލަހައްޓަންޖެހޭ އީ-ގަވަމަންޓް ނެޓްވޯރކްގެ އެންމެހާ މަސައްކަތްތައް ބެލެހެއްޓުން.
  6. ކޮމިޝަނަށް ބޭނުންވާ ސޮފްޓްވެއަރތައް ޑިވެލޮޕް ކުރުމާއި، ބޭނުންވެއްޖެ ހިނދެއްގައި އެފަދަ ސޮފްޓްވެއަރތައް މޮޑިފައި ކުރުން.
  7. ކޮމިޝަނުގެ މަސައްކަތްތައް އޮޓޯމޭޓް ކުރުމަށް ކުރެވިދާނެ ކަންކަން ދިރާސާކޮށް، ސިސްޓަމް އެނަލިސިސް ހަދައި، މިކަންކަމުގައި ޑިރެކްޓަރަށް ލަފާދިނުން.
  8. އޮފީހުގެ ބޭނުމަށް ޑިވަލޮޕް ކުރާ ސޮފްޓްވެއަރތައް ޓެސްޓު ކުރުމާއި، ހޯސްޓް/އިންސްޓޯލް ކުރުން.
  9. އޮފީހުގެ ބޭނުމަށް ޑިވަލޮޕް ކުރާ ސޮފްޓްވެއަރތަކުގެ ޑޮކިއުމެންޓޭޝަންތަކާއި، ޔޫސަރ މެނުއަލް ތައްޔާރުކުރުން.
  10. ކޮމިޝަނުގެ ބޭނުމަށް ތައްޔާރުކުރަންޖެހޭ ޑޭޓާބޭސްތަކާއި ސޮފްޓްވެއަރތަކުގެ ޓާރމް އޮފް ރެފަރެންސް ތަކާއި (ޓީ.އޯ.އާރް)، ލޭައައުޓްތައް ތަައްޔާރުކުރުން.
  11. ކޮމިޝަނުގެ އައި.ސީ.ޓީ އިންފްރާސްޓްރަކްޗަރ ހަރުދަނާ ކުރުމަށް ބޭނުންވާ ރިކުއަރމެންޓް ތައްޔާރުކޮށް އެއާ ގުޅުހުން ހުރި ސްޕެސިފިކޭޝަން ތައްޔާރު ކުރުން.
  12. ކޮމިޝަނަށް ހޯދަން ބޭނުންވާ އައި.ޓީއާ ގުޅުންހުރި ތަކެތިހޯދުމަށް ތައްޔާރު ކުރެވިފައިވާ ސްޕެސިފިކޭޝަނަށް ފެތޭ ތަކެތި ދެނެގަނެ، އެތަކެތި ލިބެންހުރި ތަންތައް ފާހަގަކޮށް ޑިރެކްޓަރާ ޙިއްޞާކުރުން.
  13. ޕީ.އޭ.ބީ.އެކްސް / ފޯން ނެޓްވާރކް ކޮންފިގަރކުރުމާއި، މެއިންޓެއިންކޮށް ބެލެހެއްޓުން.
  14. ކޮމިޝަނުގެ މުވައްޒަފުންގެ އައިޓީ ސްކިލްސް ޑިވަލޮޕް ކުރުމަށް ކުރަންޖެހޭ މަސައްކަތުގައި ބައިވެރިވުމާއި، ތަމްރިނު ޕްރޮގްރާމްތައް ރާވައި ހިނގުން.
  15. ކޮމިޝަނުން ނެރޭ އީ-ނިއުސް ލެޓަރ، އީ-މެގަޒިން، ހޭންޑްއައުޓްސް، ބުކްލެޓްސް ފަދަ ހުރިހާ ސޮފްޓް އަދި ޕްރިންޓް މެޓީރިއަލްސް ފަރުމާކުރަންޖެހިއްޖެ ހާލަތެއްގައި މި ކޮމިޝަނުގެ އެހެން މުވައްޒަފުންނަށް  އެހީތެރިކަންފޯރުކޮށްދިނުން.
  16. ކޮމިޝަނުން ބާއްވާ އިވެންޓް ތަކަށް ބޭނުންވާ އައި.ސީ.ޓީ އާގުޅުންހުރި ކަންކަން އިންތިޒާމްކޮށް ސެޓަޕް ހެދުން.
  17. މަސައްކަތާ ގުޅޭ ގޮތުން މީޑީޔާ ޕްރޮގްރާމްތަކުގައި ކޮމިޝަން ތަމްސީލުކޮށް މަޢުލޫމާތުދޭން ޖެހިއްޖެނަމަ އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ މައުލޫމާތު ދިނުން.
  18. ކޮމިޝަނުން ބޭނުންވެއްޖެ ހާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.
  19. ކޮމިޝަނުން ކުރިއަށްގެންދާ ޙާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި ކޮމިޝަނުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅާ ޑޮކިއުމަންޓުތަކުގެ ލިސްޓު ކޮންމެ މަޤާމަކަށްވެސް ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.)
  2. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް ކޮށްފައިވާ ކޮޕީއެކެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިނުވާ (ލެވެލް ކޮށްފައިނުވާ) ލިޔުންތައް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)  
  3. ސެޓްފިކެޓް ލިބިފައި ނުވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރު އަދި އީމެއިލް އެޑްރެސް ހިމަނާފައި)
  5. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން. (އިޢުލާނުގެ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ލިޔުމެއް، ވަޒީފާ އަދާކޮށްފައިވާ މުއްދަތު އެނގެން ނެތް  އެއްވެސް ލިޔުމެއް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)  

ސުންގަޑި       

2021 އޯގަސްޓު 5 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން                     

އެހެނިހެން       

  1. މިމަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ  މަސައްކަތު ފެންވަރަށް ބަލައި ކޮމިޝަނުންނެވެ.
  2. ސާރވިސް އެލަވަންސްއާއި ލިވިންގ އެލަވަންސް ލިބޭނީ ޕްރޮބޭޝަން މުއްދަތު ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމަށް ކޮމިޝަނުން ނިންމައިފިނަމަ ވަޒީފާ ދާއިމީ ކުރާ ތާރީޚުން ފެށިގެންނެވެ.
  3. މި މަޤާމަށް ކޮމިޝަނުގެ މުވައްޒަފަކު ހޮވުނުކަމުގައި ވީނަމަވެސް 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ގުނޭނެއެވެ. އެހެންނަމަވެސް އެހެނިހެން އެލަވަންސްތައް މެދުނުކެނޑި ލިބޭނެއެވެ.
  4. މި މަޤާމުގެ އިންޓަވިއުއަށް ދެންނެވޭނީ ގިނަވެގެން 10 ކެނޑިޑޭޓުންނަށެވެ. މިމަޤާމަށް 10 ފަރާތަށް ވުރެން އިތުރަށް ކުރިމަތިލައްވައިފިނަމަ ޝޯޓް ލިސްޓް ކުރުމަށް ފުރަތަމަ ދެވޭނީ ތިއަރީ ޓެސްޓެކެވެ. އިންޓަވިއުއަށް ދެންނެވޭނީ ތިއަރީ ޓެސްޓްގެ ނަތީޖާއާއި ތަޢުލީމީ ފެންވަރަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަށެވެ.
  5. މި މަޤާމަށް 10 ފަރާތަށްވުރެ މަދުން ކުރިމަތިލައިފިނަމަ، ތިއަރީ ޓެސްޓް ދޭނީ އިންޓަރވިއު އޮންނަ ދުވަހު، އިންޓަވިއުގެ ފަހުންނެވެ.
  6. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދޭ ތިޔަރީ ޓެސްޓް އޮންނާނީ ކޮމިޝަނުގެ މައި އިދާރާ (މއ. އުތުރު ވެހި، 5 ވަނަ ފަންގިފިލާ) ގައެވެ.
  7. ތިޔަރީ ޓެސްޓަށް ނުވަތަ އިންޓަވިއުއަށް ވަޑައިގަތުމަށް ކޮމިޝަނުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެނޑިޑޭޓަކަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
  8. ކޮމިޝަނުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ ހަގުވެގެން މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
  9. ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެމްބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  10. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  11. އެޕްލިކޭޝަން ފޯމު ކޮމިޝަންގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

http://www.hrcm.org.mv/aboutus/announcements/others/JobApplicationForm2021.pdf

  1. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003143 ނުވަތަ 3003149 އަށެވެ. 
  2. އެޕްލިކޭޝަން ފޯމު ފޮނުއްވާނީ އީމެއިލް މެދުވެރިކޮށް [email protected] އަށެވެ.  މެއިލްކުރައްވާނީ ވަޒީފާއަށް އެދި ހުށަހަޅާ ހުރިހާ ލިޔެކިޔުންތަކެއް އެއް ޑޮކިއުމަންޓުގެ ގޮތުގައި ސްކޭންކޮށްފައިވާ PDF ފައިލްއެކެވެ.

                 

 

 

12 ޖުލައި 2021
ހޯދާ