އިންނަމާދޫ ސްކޫލް، ރ. އިންނަމާދޫ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

 

އިންނަމާދޫ ސްކޫލް

ރ.އިންނަމާދޫ، ދިވެހިރާއްޖެ                                       ނަމްބަރ: GS123/IUL/2021/08

                                     ބީލަން ހުށަހެޅުމުގެ ދަޢުވަތު 

       މިސްކޫލުގެ މިދަންނަވާ މަރާމާތުތައް ކުރަން ބޭނުންވެއްޖެއެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް  ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ  ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ: 2014/18) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރ: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

 

  1. ދެ ކްލާސްރޫމުބްލޮކުގެ ކޮޅު އަސްކެނި މަރާމާތު ކުރުން
  2. ފައުންޑޭޝަން ޕްލޭ އޭރިއާގައި ފެންސް ޖެހުމާއި، އިކްއިޕްމަންޓްސް މަރާމާތުކުރުން

 

      މިމަސައްކަތް ތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠު ތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.

  • މި ބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 13 ޖުލައި 2021 އިން 4 އޯގަސްޓް2021 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 ން 12:00 އަށް މިސްކޫލުގެ އިދާރާގައި ނަންނޯޓު ކުރެއްވުން އެދެމެވެ.

 

  • މި މަސައްކަތްތަކާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 5 އޯގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި މިސްކޫލުގެ އިދާރާގައި އޮންނާނެއެވެ.

 

  • މި މަސައްކަތްތަކާއި ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ، 8  އޯގަސްޓް  2021 ވާ އާދީއްތަ 10:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.

 

  • ބިޑް ހުށަހެޅުމާއި، ބިޑް ހުޅުވުން އޮންނާނީ 10 އޯގަސްޓް 2021 ވާ އަންގާރަ ދުވަހުގެ 10:30 ގައި މިސްކޫލުގެ އިދާރާގައެވެ.

 

  • މި މަސައްކަތްތަކާއި ގުޅޭ ބީލަންފޮތް މަޢުލޫމާތު ދިނުމުގެ ސެޝަނަށްފަހު ސްކޫލުން ދޫކުރާނެއެވެ.
  • ނަންނޯޓު ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.

އިދާރީ އޮފީސް

އިންނަމާދޫ ސްކޫލް / ރ. އިންނަމާދޫ

ފޯނު ނަމްބަރ: 6580359/7835011

އީމެއިލް އެޑްރެސް: [email protected]

 

        މިހެންވެ މިކަން ޢާއްމުކޮށް އިޢުލާނު ކުރީމެވެ.    

02 ޛުލްޙިއްޖާ 1442

12 ޖުލައި 2021

 

 

 

         

                                

                                          

12 ޖުލައި 2021
ހޯދާ