ނޭޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖް
ދިވެހިރާއްޖެ
މަރުކަޒަށް ބޭނުންވާ ސޮފްޓުވެއަރ ގަތުމަށް

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ދޭ މައުލޫމާތާއި އެއްގޮތަށް މަރުކަޒަށް ބޭނުންވާ ތިރީގައި ދެންނެވިފައިވާ ސޮފްޓްވެއާރތައް ގަތުމަށް އިއުލާން ކުރަމެވެ.

#

ތަފްސީލް

އަދަދު

1

AutoCAD 2021

2

2

Adobe Photoshop CC 2021

6

3

Adobe Illustrator CC 2021

6

4

Adobe Design CC 2021

4

5

Corel Draw Graphics Suite 2020

6

6

SketchUp 2021

3

7

Microsoft Project 2021

4

 

މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 12 ޖުލައި 2021 ވާ އާދިއްތަ ދުވަހުން ފެށިގެން 28 ޖުލައި 2021 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މިއިއުލާނާއެކު އެޓޭޗް ކުރެވިފައިވާ ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު ޕްރޮކިއުމަންޓް [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި ޕްރޮޖެކްޓްގެ މަޢުލޫމާތު ކަރުދާހާއި ބީލަން ފޮތް ގެޒެޓްގެ އެޓޭޗްމަންޓްގައި އެޓޭޗްކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 05 އޯގަސްޓް 2021 ވާ ބުރާސްފަތި ދުވަހު 13:00 ގައި ޤައުމީ ދާރުލްއާސާރުގެ މީޓިން ރޫމުގައެވެ. ރަޖިސްޓްރީކުރަން ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ. 

 

 

މަސައްކަތާއި ގުޅޭ އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމެންޓް ޔުނިޓް

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު

ޤައުމީ ދާރުލްއާސާރު 

ޗާންދަނީމަގު، މާޅެ، ދިވެހިރާއްޖެ

ފޯން: 3340202 / 3323206

އީ-މެއިލް: [email protected]

ކޮޕީ މެއިލް: [email protected]

 

 

‏02 ޛުލްޙިއްޖާ‏ 1442

12 ޖުލައި 2021

12 ޖުލައި 2021
ހޯދާ