ކިހާދޫ ސްކޫލް، ބ. ކިހާދޫ
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނީފޯމް ފަހައިދީ ވިއްކާނެ ފަރާތެއް ހޯދުން

އިއުލާން ނަންބަރ: GS-131/IUL/2021/006

 

 

 

 

އިޢުލާން

އެކްޓިވިޓީ ޔުނީފޯމް ފަހައިދީ ވިއްކާނެ ފަރާތެއް ހޯދުން

           2021 އަދި 2022 ވަނަ އަހަރުގެ ދިރާސީ އަހަރަށް ބޭނުންވާނެ އެކްޓިވިޓީ ޔުނިފޯމް މި ސުކޫލުންދޭ ނަމޫނާއާ އެއްގޮތަށް ފަހައިދީ ވިއްކާދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.   

މިކަމަށް އެދި އަންދާސީ ހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ޤާނޫނު 2014/18 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު 2014/19 ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

ވީމާ މި ބީލަމުގައި ބައިވެރިވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން  2021 ޖުލައި 14 ވާ ބުދަދުވަހުގެ 09:30 ގެކުރިން  ކިހާދޫ ސްކޫލާއި ގުޅުއްވައިގެން ނަންނޯޓު ކުރުމަށް ދަންނަވަމެވެ.

މި މަސައްކަތާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ޖުލައި 14 ވާ ބުދަ ދުވަހުގެ 09:30 ގެ ކުރިން [email protected]  ފޮނުއްވުން އެދެމެވެ.

މިބީލަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުން އޮންނާނީ 2021 ޖުލައި 14 ވާ ބުދަ ދުވަހުގެ މެންދުރުކުރި 10:00 ގައި ކިހާދޫ ސްކޫލުގައެވެ.

ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ  2021 ޖުލައި 18 ވާ އާދިއްތަ ދުވަހު މެންދުރުކުރި 10:00 ގައި  ކިހާދޫ ސްކޫލުގައެވެ.

މި ޕްރޮޖެކްޓާ ގުޅޭ ބީލަން ފޮތާއި މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު ހިމެނިފައިވާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ނަންނޯޓު ކުރުމަށް ދެންނެވިފައިވާ ތާރީޚުގެ ކުރިން ނަން ނޯޓު ކުރެއްވުން އެދެމެވެ. އަދި ބީލަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެވެ.

01 ޒުލްހިއްޖާ 1442

11 ޖުލައި 2021

11 ޖުލައި 2021
ހޯދާ