އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު : އޮބްޒަރވަރުން އަދި މޮނިޓަރުންނަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލުން

(IUL)38-CA/38/2021/653 : ނަންބަރު 

އިޢުލާން

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު

އިންތިޚާބު ކުރަންޖެހޭ އަދަދަށްވުރެ މަދުން މީހުން ކުރިމަތިލާފައިވާ ދާއިރާތަކަށާއި އެއްވެސް މީހަކު ކުރިމަތިލާފައިނުވާ ދާއިރާތަކާއި ދެވަނަ ބުރުގައި އެއްވަރުވި ދާއިރާތަކަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު އަދި ނ. ކެނދިކުޅުދޫ އަދި ހއ. ވަށަފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގެ އޮބްޒަރވަރަކަށް އަދި މޮނިޓަރަކަށް ވުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

މިކޮމިޝަނުގެ ނަންބަރު (IUL)38-CA/38/2021/635 އަދި (IUL)38-CA/38/2021/634 އިޢުލާނުން، އޮބްޒަރވަރުން އަދި މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލާ މުއްދަތު ހަމަވި އިރު، އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރ ކުރުމަށް އަދި އޮބްޒަރވް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް 2021 ޖުލައި 11 ވާ އާދީއްތަ ދުވަހުގެ 13:00 ން ފެށިގެން، 2021 ޖުލައި 16 ވާ ހުކުރު ދުވަހުގެ 17:00 އާ ހަމަޔަށް އަލުން އެ ފުރުޞަތު ހުޅުވާލައިފީމެވެ.

 

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 ޖުލައި 2021
ހޯދާ