މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރުމާގުޅޭ

އިޢުލާން

ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރުމާގުޅޭ 

 އަލިފުށީ ކައުންސިލްގެ ފަރާތުން ރައްޔިތުންނާއި ބައްދަލުކުރުމަށް 2021 ޖުލައި 17 ވަނަ ދުވަހުގެރޭ 20:30 ގައި ބައްދަލުވުން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މޮނިޓަރިންގެ ޙާލަތުގައި ރަށް އޮތްނަމަ ބައްދަލުވުން ކުރިއަށްދާނީ ވާޗުއަލް ކޮށް ކަމަށާއި އަދި މޮނިޓަރިންގެ ޙާލަތުން ދޫކޮށްލައިފިނަމަ ބައްދަލުވުން އޮންނާނީ އަލިފުށީ ޕްރީސްކޫލްގައެވެ. ވާޗުއަލްކޮށް ބައްދަލުވުން ކުރިއަށް ގެންދާނަމަ ބައްދަލުވުމުގައި ބައިވެރިވާ އޮންލައިން ލިންކް އާންމުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

ވީމާ، މި ބައްދަލުވުމަށް ދެޖިންސުގެ އެންމެހާ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ. އަދި ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކުން މާސްކު އެޅުއްވުމަށާއި ގައިދުރުކަން ބެހެއްޓުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.

11 ޖުލައި 2021
ހޯދާ