ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެނަކަ އޮފީސް އިމާރާތް ކުރާ ބިމުގައި ހުރި ރުއް/ގަސް ކެނޑުމާއި ގުޅޭ

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ގެ އައު އޮފީސް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ބިމުގައި ހުރި 14 ރުއް ކެނޑުމަށްވަނީ ހަމަޖެހިފައެވެ. ބަނޑިދޫ ޕޮލިސް ސްޓޭޝަން އިރު އުތުރުން ފެނަކަ އޮފީސް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ބިމުގައި ރުއްތައް ފާހަގަކުރުމަށް 1 އިން ފެށިގެން 14 އާއި ހަމައަށް ކޮންމެ ރުކެއްގައި ރަތްކުލައިން ނަންބަރު ޖަހާފައިވާނެއެވެ.

                ވީމާ، މިދެންނެވިގޮތަށް ނަންބަރު ޖަހާފައިހުރި ރުއްގަހުގެ ވެރިފަރާތްތަކުން  ރުކުގައި ޖަހާފައި ހުރި ނަންބަރު އަދި އެއީ އެފަރާތެއްގެ ރުކެއްކަން އެނގޭނޭ ދެ ހެކިވެރިންގެ މަޢުލޫމާތާއެކު 15 ޖުލައި 2021 ވަނަ ދުވަހުގެ މެންދުރު 12:00 ކުރިން މިޢިދާރާއަށް ސިޓީއަކުން ހުށައެޅުއްވުން އެދެމެވެ.

                މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 ޖުލައި 2021
ހޯދާ