މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށު ތަރައްގީގެ ޕްލޭން، ފައިނޭޝަލް ޕްލޭން ތައްޔާރު ކުރާނެ ފަރާތެއް ހޯދުން

އިޢުލާން

ރަށު ތަރައްގީގެ ޕްލޭން، ފައިނޭޝަލް ޕްލޭން ތައްޔާރު ކުރާނެ ފަރާތެއް ހޯދުން

ކުރިޔަށް އޮތް ފަސް އަހަރު ދުވަހަށް މިރަށުގެ ތަރައްގީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން ތައްޔާރުކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 ވުމާއިއެކު މިމަސައްކަތް ކޮށްދިނުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުމާއި ރަޖިސްޓްރީވުން

08  ޖުލައި 2021 އިން  13 ޖުލައި 2021 އަށް

13:00

އަންދާސީ ހިސާބު ބަލައިގަތުން

28 ޖުލައި 2021

ބުދަ

13:00

 

ޝަރުތު: މަސައްކަތް ހަވާލު ކުރެވޭނީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ގައި ޕްލޭނަރ އެއްގެ ގޮތުގައި ރެޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ނުވަތަ އެފަރާތެއް ރެޖިސްޓަރ ވެފައިވާ ކުންފުނި/ ވިޔަފާރި ތަކަށެވެ.

ރަޖިސްޓްރީ ކުރުން: ޝައުގުވެރި ވެލައްވާ ފަރާތް ތަކުން މިއިދާރާގެ [email protected] އީމެއިލް މެދުވެރިކޮށް 13 ޖުލައި 2021 ވަނަ ދުވަހުގެ 12:00 ގެ ކުރިން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ވުމަށް އެދި ހުށައަޅާއިރު އަމިއްލަ ފަރާތެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ގައި ޕްލޭނަރ އެއްގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ފަރާތެއްކަން އެނގޭނެ ލިޔުން ހުށައަޅަން ވާނެއެވެ. ކުންފުނި/ ވިޔަފާރި އެއްނަމަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއަކާއި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ގައި ޕްލޭނަރ އެއްގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ފަރާތެއް ކުންފުނި/ ވިޔަފާރި ގައި މަސައްކަތް ކުރާކަން އެނގޭނެ ލިޔުމެއް ހުށައަޅަން ވާނެއެވެ.

މަޢުލޫމާތު ކަރުދާސް ދޫކުރުން: މިމަސައްކަތަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ރަޖިސްޓްރީ ކުރުމަށް އޮތް މުއްދަތުގައި ރަޖިސްޓްރީ ވާފަރާތްތަކަށް 14 ޖުލައި 2021 ވަނަ ދުވަހުގެ 13:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ކަރުދާސް ފޮނުވޭނެއެވެ.

ޕްރަޕޯސަލް ހުށައެޅުން: ޕްރަޕޯސަލް ހުށައެޅުމުގެ ސުންގަޑިއަކީ 28 ޖުލައި 2021 ވަނަ ދުވަހުގެ 13:00 އެވެ. ޕްރަޕޯސަލް ހުށައެޅުމަށް ދީފައިވާ ސުންގަޑީގެ ފަހުން ހުށައަޅާ އެއްވެސް ޕްރަޕޯސަލެއް ބަލައި ނުގަނެވޭނެ ކަމުގައި މަޢުލޫމާތަށް ޓަކާ ދަންނަވަމެވެ. ޕްރަޕޯސަލް ހުށައެޅުމަށް ހަމަޖެހިފައިވަނީ މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ޕްރަޕޯސަލް ހުށައެޅުމުގައި މަސައްކަތް ކުރިޔަށް ގެންދިއުމުގައި ރާވާފައިވާ ގޮތް، މަސައްކަތުގެ ތަޖުރިބާ ގެ ލިޔުންތައް ހިމެއްނުއްވުން އެދެމެވެ. ޕްރަޕޯސަލް ހުށައެޅުމަށް ބަދަލުގައި ފަރާތެއް ހަމަޖެއްސުމަށް ބޭނުންވެލައްވާނަމަ އެފަރާތެއް ހަމަ ޖެއްސުމުގައި މިކައުންސިލުން އެހީތެރިކަން ފޯރުކޮށް ދެވޭނެއެވެ. ޕްރަޕޯސަލް ހުށައަޅުއްވަން ވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ޕްރަޕޯސަލް ހުށައެޅުމަށް ކަނޑައަޅާފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވެއްޖެނަމަ ޕްރަޕޯސަލް ހުށައެޅުން އޮންނާނީ 28 ޖުލައި 2021 ވަނަ ދުވަހުގެ ފަހުން އެންމެ އަވަހަށް ސަރުކާރު ހުޅުވޭ ދުވަހުގެ 13:00 ގައެވެ.

އިތުރު މަޢުލޫމާތް: މިމަސައްކަތާއިބެހޭ އިތުރު މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންވާނަމަ މިއިދާރާގެ ނަމްބަރ 6720035 ފޯނުންނާއި ، ނަމްބަރ 9757801 ފޯނުން އެކަމެއް އޮޅުން ފިލުވައި ދެވޭނެއެވެ.

އަންދާސީ ހިސާބުތަކަށް ޕޮއިންޓް ދިނުން

  1. ހުށަހެޅޭ އެންމެ ދަށް އަގަށް %50 (އަގުހުށަހެޅިފައިވާ ތަރުތީބުން ޕޮއިންޓްދިނުން)
  2. މަސައްކަތް ކުރުމަށް ޕްރަޕޯސަލް އިން ހުށައަޅާފައިވާ މަސައްކަތުގެ ފުރިހަމަކަމަށް %30
  3. މަސައްކަތުގެ މުއްދަތަށް %20 (މަސައްކަތް ނިންމާ މުއްދަތު އެންމެ އަވަސް މިނުން ތަރުތީބުވާގޮތަށް)

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

08 ޖުލައި 2021
ހޯދާ