މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭވަށު ކައުންސިލުން އަންގާ ގޮތެއްގެމަތީން ރަށުތެރެއަށް ފޮގްކުރާނެ ފަރާތެއް ހޯދުން

އިޢުލާން

ވޭވަށު ކައުންސިލުން އަންގާ ގޮތެއްގެމަތީން ރަށުތެރެއަށް ފޮގްކުރާނެ ފަރާތެއް ހޯދުން

މިއިދާރާއިން އަންގާ ސަރަހައްދުތަކަށް އަންގާ ދުވަސްތަކެއްގައި ތަކެތި ދިނުމުން ފޮގް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

 ވުމާއިއެކު ދެންނެވިގޮތަށް ވޭވަށު ކައުންސިލް އިދާރާއިން އަންގާގޮތެއްގެމަތީން ތަކެތި ދިނުމުން ފޮގް ޖަހައިދިނުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށައަޅުއްވާނީ އެއްއިރު ފޮގް ޖަހައިދޭނެ އަގު ވަކިން އެންގޭނެގޮތަކަށެވެ.

 

ތަފްޞީލް

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

08  ޖުލައި 2021 އިން  13 ޖުލައި 2021 އަށް

13:00

އަންދާސީ ހިސާބު ބަލައިގަތުން

14 ޖުލައި 2021

ބުދަ

11:00

 

މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު، ރަސްމީގަޑިގައި ނަމްބަރ 6720035  ފޯނާއި 9909988 މޯބައިލް ނަންބަރ އާއި ގުޅުއްވުމުން މަތީގައިވާ މުއްދަތުގެ ގަޑިއާއި ހަމައަށް މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ. އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވަވާނަމަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތުގެ ސިޓީއެއް ބަދަލުގައި ހާޒިރުވެލައްވާ ފަރާތުން ހުށަހަޅުއްވަން ވާނެއެވެ. މިސިޓީގައި ބަދަލުގައި ހާޒިރުވެލައްވާ ފަރާތުގެނަމާއި އެޑްރެސް އަދި އައިޑީކާޑު ނަމްބަރު އެނގެން އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު، ސިޓީއުރައިގެ ބޭރުގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ނަމާއި "ރަށުތެރެއަށް ފޮގުކުރުން" ލިޔެފަ އޮންނަންވާނެއެވެ. އަދި މިފަދައިން ޢަމަލުނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބު ބާތިލްކުރުމުގެ އިހުތިޔާރު މިއިދާރާއަށް ލިބިފައިވާކަމުގައި މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަންދާސި ހިސާބު ހުށަހެޅުއްވޭނީ މަތީގައިވާ ތާރީޚްގެ ގަޑިއަށް ވޭވަށު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމަށް ދުރުވުމުންނެވެ. އަންދާސީ ހިސާބު ހުޅުވުމުގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުން ނުވަތަ ބަދަލުގައި ދުރުވާ ފަރާތުން ބައިވެރިވެލައްވަން ޖެހޭނެއެވެ. އަދި ހުށަހެޅޭ އަންދާސި ހިސާބުތަށް 2021 ވަނަ އަހަރުގެ ވޭވަށު ކައުންސިލްގެ ބަޖެޓްގައި މިމަސައްކަތަށް ކަނޑައަޅާފައިވާ ޖުމްލަ ޢަދަދަށްވުރެ ބޮޑުވެއްޖެނަމަ އެއަންދާސީ ހިސާބެއް ހުށަހެޅި ފަރާތަކަށް މަސައްކަތް ހަވާލެއް ނުކުރެވޭނެއެވެ. މިއިޢުލާނާއި އެކު މަސައްކަތުގެ ޕްލޭން އާއި ޕޮއިންޓް ދެވޭނެ އުސޫލު ހިމެނިފައި އެވަނީއެވެ. ބަދަލުގައި ހުށައަޅުއްވަން މީހަކު ހޯދުމުގައި މިއިދާރާގެ އެއްބާރުލުން ލިބޭނއެވެ.

އަންދާސީ ހިސާބުތަކަށް ޕޮއިންޓް ދިނުން

  1. ހުށަހެޅޭ އެންމެ ދަށް އަގަށް %80 (އަގުހުށަހެޅިފައިވާ ތަރުތީބުން ޕޮއިންޓްދިނުން)
  2. ފޮގް ކުރުމުގައި އިތުރަށް ފުރިހަމަކޮށްދިނުމަށް އިތުރުއަގެއްނެތި ހުށަހަޅާ ކަންކަމަށް %20 (އެންމެ ގިނަ ކަންތައްތައް ހުށަހަޅާ ފަރާތަކަށް އެންމެގިނަޕޮއިންޓްދިނުން)

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • މިމަސައްކަތަށް ބޭނުންވާތަކެތި ހޯދުމަކީ ވޭވަށު ކައުންސިލްގެ ޒިންމާއެކެވެ.

 

  • މަސައްކަތަށް ބޭނުންވާ ތަކެތީގެ ގޮތުގައި ބަލާނީ ފޮގްމެސިނަށް އަޅާ ފިއުލްގެ ހުރިހާ ބާވްތަކާއި ކެމިކަލްގެ އިތުރުން ފޮގް މެސިން މަރާމާތުކުރުމަށް ބޭނުންވާ އެންމެހާ ތަކެއްޗެވެ.

 

  • ފޮގް ޖަހަނީ ވެހިކަލެއް ބޭނުންކޮށްގެން ކަމުގައިވާނަމަ އެވެހިކަލަކަށް ހިނގާ އެންމެހާ ހަރަދު ކުރަންވާނީ އަމިއްލަ ޚަރަދުގައެވެ.

 

  • ފޮގު ޖަހަންވާނީ މީހުންދިރިއުޅޭ ސަރަހައްދާއި ކުޑަމިސްކިތާއި، ރަށުގައި ކަނޑާފައިވާ މަގުތަކުގެތެރެއިން ކައުންސިލުން ބުނާ ހިސާބުތަކަށެވެ.

 

  • ފޮގް ޖެހުމުގައި ފޮގްމެސިނަށް އިހުމާލުން ދިމާވާ ކަންކަމުގައި ޒިންމާ ނަގަންވާނީ މަސައްކަތާއި ހަވާލުވާ ފަރާތުންނެވެ.

 

  • ފޮގްމެސިނުގެ ޕްލަގް ސާފުކުރުންފަދަ ކަންކަން ކުރަންވާނީ ކައުންސިލުން އަންގާ ގޮތެއްގެމަތީންނެވެ.
  • ފޮގް މެސިންގެ ޑީސަލް ބްލޮކްވުންފަދަ ކަންކަން ދިމާވެއްޖެނަމަ އެކަމެއް ހައްލުކުރަންވާނީ ކައުންސިލްގެ ލަފާގެމަތީންނެވެ.

 

  • ފޮގް ޖަހާނީ ކައުންސިލުން އަންގާ ދުވަސްތަކެއްގެ ވަގުތުތަކުގައެވެ.

 

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

08 ޖުލައި 2021
ހޯދާ