މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭވަށު ކައުންސިލުން މަޢުލޫމާތުދޭ ގޮތެއްގެމަތީން ބިމުގައި ވަޅުލާ ކަރަންޓް ކޭބަލް ގަތުމާއިބެހޭ

މި އިޢުލާންވަނީ 08 ޖުލައި 2021 20:31 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

ވޭވަށު ކައުންސިލުން މަޢުލޫމާތުދޭ ގޮތެއްގެމަތީން ބިމުގައި ވަޅުލާ ކަރަންޓް ކޭބަލް ގަތުމާއިބެހޭ

މިއިދާރާއިން މަޢުލޫމާތު ދޭ ގޮތެއްގެ މަތީން9048  (ނުވަހާސް ސާޅީސްއަށެއް) ފޫޓުގެ ކަރަންޓް ކޭބަލް ގަންނަން ބޭނުން ވެއްޖެއެވެ.

 ވުމާއިއެކު މިމަސައްކަތް ކޮށްދިނުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ މިއިދާރާގެ ޖަލްސާ ކުރާ މާލަމުގައެވެ. ޕްރަޕޯސަލް ހުށައެޅުމުގައި ބަދަލުގައި މީހަކު ހަމަޖައްސަން ބޭނުންވެލައްވާނަމަ އެކަމުގައި މިއިދާރާއިން އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

ތަފްޞީލް

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

08  ޖުލައި 2021 އިން  13 ޖުލައި 2021 އަށް

13:00

އަންދާސީ ހިސާބު ބަލައިގަތުން

14 ޖުލައި 2021

ބުދަ

13:00

 

މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު، ރަސްމީގަޑިގައި ނަމްބަރ 6720035  ފޯނާއި 9909988 މޯބައިލް ނަންބަރ އާއި ގުޅުއްވުމުން މަތީގައިވާ މުއްދަތުގެ ގަޑިއާއި ހަމައަށް މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ. އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވަވާނަމަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތުގެ ސިޓީއެއް ބަދަލުގައި ހާޒިރުވެލައްވާ ފަރާތުން ހުށަހަޅުއްވަން ވާނެއެވެ. މިސިޓީގައި ބަދަލުގައި ހާޒިރުވެލައްވާ ފަރާތުގެނަމާއި އެޑްރެސް އަދި އައިޑީކާޑު ނަމްބަރު އެނގެން އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު، ސިޓީއުރައިގެ ބޭރުގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ނަމާއި "ކޭބަލް ފޯރުކޮށްދެއްވުމަށްއެދި" ލިޔެފަ އޮންނަންވާނެއެވެ. އަދި މިފަދައިން ޢަމަލުނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބު ބާތިލްކުރުމުގެ އިހުތިޔާރު މިއިދާރާއަށް ލިބިފައިވާކަމުގައި މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަންދާސި ހިސާބު ހުށަހެޅުއްވޭނީ މަތީގައިވާ ތާރީޚްގެ ގަޑިއަށް ވޭވަށު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ހުށަހެޅޭ އަންދާސި ހިސާބުތަށް 2021 ވަނަ އަހަރުގެ ވޭވަށު ކައުންސިލްގެ ބަޖެޓްގައި މިމަސައްކަތަށް ކަނޑައަޅާފައިވާ ޖުމްލަ ޢަދަދަށްވުރެ ބޮޑުވެއްޖެނަމަ އެއަންދާސީ ހިސާބެއް ހުށަހެޅި ފަރާތަކަށް މަސައްކަތް ހަވާލެއް ނުކުރެވޭނެއެވެ. މިއިޢުލާނާއި އެކު މަސައްކަތުގެ ޕްލޭން އާއި ޕޮއިންޓް ދެވޭނެ އުސޫލު ހިމެނިފައި އެވަނީއެވެ.

އަންދާސީ ހިސާބުތަކަށް ޕޮއިންޓް ދިނުން

  1. ހުށަހެޅޭ އެންމެ ދަށް އަގަށް %80 (އަގުހުށަހެޅިފައިވާ ތަރުތީބުން ޕޮއިންޓްދިނުން)
  2. ކޭބަލް ފޯރުކޮށްދޭ މުއްދތަށް (އެންމެއަވަހަށް ފޯރުކޮށްދޭ ފަރާތްތަކަށް) %20 (އެންމެ އަވަހަށް ފޯރުކޮށްދޭ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް ދިނުން)

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • ފޯރުކޮށްދޭން ޖެހޭ ކޭބަލް އަކީ: (ޓޫކޯ އަންޑަރގްރައުންޑް ރައުންޑް 4mm ކޭބަލް( އެވެ.
  • ކައުންސިލުން ބޭނުންވާ ސައިޒާއި ދިގުމިނުގެ ކޭބަލް މ. ވޭވަށަށް ގެނެސް ވޭވަށު ކައުންސިލާއި ހަވާލު ކުރަން ވާނެއެވެ.

 

  • ކޭބަލް ގަތުމާއި ކޭބަލް ބޯއްޓަށް އެރުވުމަކީ ކޭބަލް ފޯރުކޮށްދިނުމަށް މަސައްކަތާއި ހަވާލުވާ ފަރާތުގެ ޒިންމާއެކެވެ.

 

  • ކޭބަލް ވޭވަށާއި ހަމަޔަށް ގެނެސްދޭ ބޯޓަށް ނާލު ދެއްކުމަކީ ކޭބަލް ފޯރުކޮށްދިނުމަށް މަސައްކަތާއި ހަވާލުވާ ފަރާތުގެ ޒިންމާއެކެވެ.

 

  • ފޯރުކޮށްދޭ ކޭބަލް އަކީ ބިމުގައި ވަޅުލުމަށް ހާއްސަ ކޭބަލް އަށް ވާންވާނެއެވެ. މިކޭބަލްގެ ތެރޭގައި ފްލެކްސިބަލް ކޭބަލް އެއް އަދި ސަޓާ ކޭބަލް އެއް ނުހިމެނެއެވެ.

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

08 ޖުލައި 2021
ހޯދާ