ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބާރަށު އިޖްތިމާޢީ ސަރަހައްދު ކުނިކަހާ ނޮޅާ ސާފުކުރުން

         މިރަށުގެ އިޖުތިމާޢީ ސަރަޙައްދުތައް (ރަށުގެ އުތުރާއި، ދެކުނު) ވަކިން ކުނިކަހާ ނޮޅާ ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުމަށް ބޭނުން ވެއްޖެއެވެ.  

 

                      ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ އަންހެންބޭފުޅުން 13 ޖުލައި 2021 ވާ އަންގާރަ ދުވަހުގެ 13.30 ގެ ކުރިން މިއިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. އަދި ފޯމް ހުށަހަޅުއްވާ ފަރާތްތަކަށް މަސައްކަތާއި ގުޅޭ މަޢުލޫމާތުދިނުމަށް ބާއްވާު ބައްދަލްވުމެއް މިއިދާރާގައި ފަހުގެ ތާރީހެއްގައިި އޮންނާނެއެވެ. ފޯމު ދޫކުރުމާއި ފޯމް ބަލައިގަތުން ކުރިއަށްދާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގ ހެނދުނު 08.30 ން މެންދުރު ފަހު 13.30 އަށް  މިކައުންސިލް އިދާރާއިންނެވެ.

 

                     ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 

                       27 ޛުލްޤައިދާ 1442

                        07  ޖުލައި  2021                   

07 ޖުލައި 2021
ހޯދާ