ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިލެތްދޫ ވޭސްޓް މެނޭޖުމަންޓް ކަލެކްޝަނަށް ކައުންސިލް އެސިސްޓެންޓެއްގެ މަޤާމަށް މީހަކު ހޯދުމަށް އެދި

އިޢުލާނު

 

މަޤާމު:

ކައުންސިލް އެސިސްޓެންޓް

މަޤާމުގެ ނަންބަރު:

01

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ވަގުތީ (01 އަހަރަށް)

މަޤާމްއޮތް އޮފީސް:

ނިލަންދެ އަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލް އިދާރާ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނިލަންދެ އަތޮޅު އުތުރުބުރީ ބިލެތްދޫ ވޭސްޓް މެނޭޖްމަންޓް ކަލެކްޝަން

މުސާރަ:

-/3500 ރ  ( ތިންހާސް ފައްސަތޭކަރުފިޔާ )

ސަރވިސް އެލަވަންސް:

-/1000 ރ ( އެއްހާސް ރުފިޔާ )

އެހެނިހެން އެލަވަންސް:

ހަމަޖެހިފައިވާ އުޞޫލެއްގެ މަތީން ރަމަޟާން މަހުގެ އިނާޔަތު ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

01 – ވޭސްޓް މެނޭޖްމަންޓް ކަލެކްޝަނަށް ކުނިގެންދާ ފަރާތްތަކުން ކުނިއެޅުމަށް ކަނޑައަޅާފައިވާ ތަންތަނަށް ކުނިއަޅާތޯ ބަލައި، ކުނީގެ ބައްވަތްތައް އެބާވަތެއް އަޅަންޖެހޭ ތަނަކަށް ކުނި އެޅުވުން.

02 – ވޭސްޓް މެނޭޖްމަންޓް ކަލެކްޝަނަށް ގެންދެވޭ ކުނި ވަކިކޮށްގެން ނުގެންދާ ފަރާތްތަކަށް އެކަން ހަނދާންކޮށްދީ ތަކުރާރުވާ ފަރާތްތަކުގެ މަޢުލޫމާތު ރަށުކައުންސިލަށް އަންގައި ހިއްސާކުރުން.

03 – ހިމުންކުނި ފިޔަވާ އެއްވެސް ބާވަތެއްގެ ކުނި މޫދަށް އަޅާތޯބަލައި އެކަންމަނާކުރުމާއި އެކު އެފަރާތެއްގެ މަޢުލޫމާތު  ކައުންސިލާއި ހިއްސާކުރުން 

04 – އަންދާކުނި އެންދުމުގައި އާއްމު ރައްޔިތުންނަށް އުދަގޫވާގޮތަށް ކުނި ނޭދުން .

05 – ވޭސްޓް މެނޭޖްމަންޓް ކަލެކްޝަން ވަށައިގެންވާ ޞަރަޙައްދުގެ މަގު ސާފުކުރުން.

06 – ކުޑަކުދިން ވޭސްޓް މެނޭޖްމަންޓް ކަލެކްޝަން ޞަރަޙައްދަށް ވަނުން މަނާކުރުމާއި، އެކަން ތަކުރާރިވާނަމަ ކަމާއި ގުޅޭ މަޢުލޫމާތު ކައުންސިލާ ހިއްސާކުރުން.

07 – ވޭސްޓް މެނޭޖްމަންޓް ކަލެކްޝަންގެ މަސައްކަތަށް ބޭނުންވާ މެޝިނަރީއާއި ހިފާގެންގުޅޭ ތަކެތި ރައްކާތެރިކަމާއިއެކުބެލެހެއްޓުން.

08 –  ކުޑަކުދިންގެ ޕާކްތެރެއާއި، ބަނދަރުމަތީ ހަދާފައިވާ ބުޑުތަކުގެ އެތެރެ ސާފުކޮށް ބެލެހެއްޓުން.

09 – ރަށުބަނދަރުގެ  ފަޅުތެރެއަށް އެޅޭކުނިތައް ނަގައި ސާފުކުރުމާއި، ހަމަޖެހިފައިވާ އުޞޫލާއި އެއްގޮތަށް ކުނިގޮޑަށް ކުނިގެންދިއުން.

10 – ރަށު ބަނދަރުގެ އޮޑިދޯނި ފަހަރާއި އެހެނިހެން އުޅަނދުތައް  އެއުޅަނދެއް އަޅަންޖެހޭ ތަނެއްގައި އެޅުމަށް ތަރުތީބު ކުރުވުން.

11 – ރަށު ބަނދަރު ބޭނުންކުރުމުގެ އުޞޫލާއި ހިލާފަށް ޢަމަލުކުރާ ފަރާތްތަކުގެ މަޢުލޫމާތު ކައުންސިލާއި ހިއްސާކުރުން.

12 – ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދާ އިޖުތިމާޢީ މަސައްކަތުގައި ބައިވެރިވުން .

13 – ދީނީ އަދި ޤައުމީ މުނާޞަބަތުތަކާއި، ދުވަސްތައް ފާހަގަކުރުމަށް ކައުންސިލުން ކުރާ މަސައްކަތުގައި ބައިވެރިވުން.

14 – މަސައްކަތުގެ ދާއިރާގެ ތެރެއިން ކައުންސިލުން އަންގާ އެހެނިހެން މަސައްކަތްތައް ކުރުން .

މަޤާމުގެ ޝަރުޠުތައް:

1. ލިޔަން ކިޔަން އެގުން. ( ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެން ނުވަތަ މިއިދާރިން ލިޔަންކިޔަން އެގޭ މިންވަރުބަލާ ޓެސްޓިން ފާސްވުމުން ނެވެ. )

2 . ގިނަވަގުތު މަސައްކަތުގައި ވަގުތު ހޭދަކުރެވޭނެ ފުރިހަމަ ޞިއްހަތެއްގައި ހުރި މީހެއްކަމުގައިވުން.

3. އެއްވެސް ބާވަތެއްގެ އެލާޖިކެއް ހުންނަ މީހެއްކަމުގައި ނުވުން.

4 . މީލާދީ ގޮތުން 18 އަހަރު ފުރިފައިވުން       

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާގެ ލިޔުން .

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 ޖުލައި 29 ވާ ބުރާސްފަތި ދުވަހުގެ 13.00ގެ ކުރިން، ނިލަންދެ އަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ސިޓީއާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ[email protected] އެވެ.   އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ސިޓީ ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން ޢަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި، ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ 10 ފަރާތްތެއް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2021 ޖުލައި 30 އާއި 2021 އޮގަސްޓް  03 އާއި ދެމެދު، ނިލަންދެ އަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލް އިދާރާގައެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6740013 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

08 ޖުލައި 2021
ހޯދާ