ދިވެހިރާއްޖެ
(IUL)38-AB/38/2021/641 ނަންބަރު
އިޢުލާން
ވަޒީފާގެ ފުރުޞަތު |
|
މަޤާމު: |
ޑިރެކްޓަރ (އީ.އެކްސް 1) |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
ސެކްޝަން: |
ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން އެންޑް ކޮމިއުނިޓީ އެވެއަރނަސް ޑިވިޜަން |
އަސާސީ މުސާރަ: |
މަހަކު -/8835 ރުފިޔާ (އަށްހާސް އަށްސަތޭކަ ތިރީސް ފަސް ރުފިޔާ) |
ސާރވިސް އެލަވަންސް: |
މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ) |
ލިވިންގ އެލަވަންސް: |
މަހަކު 4000/- ރުފިޔާ (ހަތަރުހާސް ރުފިޔާ) |
ޚާއްޞަ އެލަވަންސް: |
މުސާރައިގެ 45% |
އިތުރުގަޑި ފައިސާ: |
ނުރަސްމީ ގަޑީގައި ކުރާ މަސައްކަތަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެ |
ވަޒީފާގެ ބާވަތް: |
ދާއިމީ |
ފެންވަރު ނުވަތަ ޝަރުޠު: |
|
ނޯޓް: ލީގަލް ދާއިރާއިން ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއެކު ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދަ އޮތުން. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާތައް؛ - ޝަރީޢާ އެންޑް ލޯ - އެޑިއުކޭޝަނަލް ޑިވެލޮޕްމަންޓް - ކަރިކިއުލަމް ޑިވެލޮޕްމަންޓް - ޕޮލިޓިކަލް ސައިންސް - އިންފޮމޭޝަން ޓެކްނޮލޮޖީ މެނޭޖްމަންޓް (މަޤާމުގެ ދާއިރާކަމުގައި ބެލެވޭނީ މަތީގައި ބަޔާންކޮށްފައިވާ ދާއިރާތަކުގެ ސެޓްފިކެޓްތައް) |
|
އެހެނިހެން ޝަރުތު: |
|
|
މަސްއޫލިއްޔަތު: |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ ހުށަހަޅުމުގައި އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ޖަހާފައިވާ ތައްގަނޑަކީ އިޢުލާނު ކުރާ ތާރީޚަށްވުރެ 1 (އެކެއް) އަހަރު ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައި ޖަހާފައިވާ ތައްގަނޑެއް ކަމުގައިވުން. - ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، - ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،
- މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ. - މިހާރު އަދާކުރަމުންދާ ވަޒީފާއެއްގެ ލިޔުން ހުށަހަޅާނަމަ އެލިޔުމަކީ އެއްމަސް ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައި ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ. |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ފޯމާއި ލިޔެކިޔުންތައް ހުށަހަޅާނީ 15 ޖުލައި 2021 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން އީމެއިލް ([email protected]) މެދުވެރިކޮށެވެ. (މެއިލްއާ އެޓޭޗްކުރެވޭނީ 10mb އަށްވުރެ ކުޑަ ފައިލްއެވެ.) |
އިތުރު މަޢުލޫމާތު: |
- ފޯމު ބަލައިގަތުމަށްފަހު ސައްޙަ ނޫން މަޢުލޫމާތެއް ހިމެނިފައިވާކަން ނުވަތަ ޝަރުތު ހަމަނުވާކަމަށް ފާހަގަ ކުރެވިއްޖެނަމަ އެފޯމެއް ބާޠިލު ކުރެވޭނެ އެވެ. - މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ. - އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަޞްލު ގެންނަވަން ވާނެއެވެ. - ވަޒީފާއަށް ކުރިމަތިލާ ފަރާތް އެމަޤާމަކަށް ޝަރުޠު ހަމެވެ އިންޓަވިއު ކުރެވުނު ނަމަވެސް އިންޓަވިއު އަދި ޢަމަލީ ޓެސްޓުން %50 އަށްވުރެ މަތިން މާކްސް ނުލިބޭނަމަ އެމަޤާމަށް ޤާބިލުނޫން ފަރާތެއް ކަމަށް ކަނޑައެޅޭނެއެވެ. - މި މަޤާމަށް ހޮވޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިއުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ. - ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ. - މި މަޤާމަށް ހޮވުމަށްފަހު ވަޒީފާއަށް ނިކުތުމަށް އެންމެ ގިނަވެގެން ދެވޭނީ ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ މުއްދަތެކެވެ. |
ޑިރެކްޓްރ – އީ. އެކްސް 1 ގެ މަޤާމަށް މާކުސް ދިނުމުގައި ބަލާނެ މިންގަނޑު |
|
ބައިތައް |
މާކްސް |
ތަޢުލީމާއި ތަމްރީނު |
40 |
މަސައްކަތު ތަޖުރިބާ |
20 |
އިންޓަވިޔު |
30 |
ޢަމަލީ ޓެސްޓު |
10 |
ޖުމުލަ |
100 |
އިންޓަރވިއުގައި ޕްރެޒެންޓޭޝަނެއް ހުށަހަޅަންވާނެއެވެ. ޕްރެޒެންޓޭޝަނާ ގުޅޭ އިތުރު މަޢުލޫމާތު ޝޯޓްލިސްޓްކުރެވޭ ކެންޑިޑޭޓުންނަށް ހިއްސާކުރެވޭނެއެވެ.
ޝޯޓްލިސްޓު ކުރެވޭގޮތް:
- ސީނިއަރ މެނޭޖްމަންޓް ސަރވިސްގެ ގިންތީގެ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރާނީ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއާއި، ތަމްރީނާއި، ހުނަރުގެ މާކުހަށް ބެލުމަށްފަހު ލިބޭ މާކުހުގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.