މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
"މާލޭ ކޮމާޝަލް ހާބަރގައި މުދާ ކްލިއަރކުރާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ ޤަވާއިދު" ގެ 23 ވަނަ މާއްދާއާއި ގުޅޭ ގޮތުން.

            މިކުންފުނީގެ ބެލުމުގެދަށުގައި ހުންނަ މުދާ ކްލިއަރ ކުރުމަށް މާލޭ ކޮމާޝަލް ހާބަރއަށް ވަނުމަށް އެދި ރަޖިސްްޓްރީވާން އެދޭ ކްލިއަރިންގ ކުންފުނިތަކުން ޢަމަލު ކުރަން ހަމަޖެހިފައިވާ އައު ޤަވާއިދު ވަނީ 25 މާރޗް 2021 ވަނަ ދުވަހު ނަންބަރ: (IUL)113-CCD/1/2021/29  އިޢުލާންގެ ދަށުން ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރެވިފައެވެ. ދެންނެވުނު ޤަވާއިދުގެ 23 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާނީ އައު ޤަވާއިދު ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރާ ދުވަހުން ފެށިގެން ޢަމަލު ކުރެވޭނެ ކަމަށާއި، އަދި އެ ދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި މުދާ ކްލިއަރ ކުރުމަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން އެކުންފުނި ތަކުގައި ފުރިހަމަ ނުވެ ހުރިކަންތައްތައް ފުރިހަމަކުރަން ޖެހޭނެ ކަމަށެވެ. އަދި ޤަވާއިދުގެ 9 ވަނަ މާއްދާގައި ބުނެފައިވަނީ މުދާ ކްލިއަރ ކުރުމަށް މިކުންފުނީގައި ރަޖިސްޓްރީވާން ބޭނުންވާ ކްލިއަރިންގ ކުންފުނިތަކުގައި މަދުވެގެން 10 މުވައްޒަފުން ތިބެންޖެހޭނެ ކަމަށެެވެ. ނަމަވެސް މިހާތަނަށް ބައެއް ކްލިއަރިންގ ކުންފުނިތަކުން ޤަވާއިދުގެ 9 ވަނަ މާއްދާ އާއި އެއްގޮތަށް މުވައްޒަފުން ހަމަނުވާކަން ފާހަގަ ކުރަމެވެ.

            މުޅި ދުނިޔެއަށް ކުރިމަތި ވެފައިމިވާ ނުރައްކާތެރި ކޮވިޑް-19 އާއި ގުޅިގެން ކްލިއަރިންގ ކުންފުނިތަކުން މީހުން ހަމަކުރުމުގައި ދަތިތަކެއް ހުންނާނެކަން ފާހަގަ ކުރެވޭތިވެ، މި މުއްދަތު 31 އޮގަސްޓް 2021ގެ ނިޔަލަށް ހަމަޖައްސާ ދިނުމަށް މިކުންފުނިން ވަނީ ނިންމާފައެވެ.

            ވީމާ، 31 އޮގަސްޓް 2021ގެ ކުރިން ކްލިއަރިންގ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ހަމަކުރުމަށް އެދި ދަންނަވަމެވެ. އަދި އެ މުއްދަތާއި ހަމަޔަށް އަދަދު ހަމަނުވާ ކްލިއަރިންގ ކުންފުނިތަކުގެ ރަޖިސްޓްރޭޝަން އިތުރު އެންގުމަކާ ނުލާ ބާތިލް ކުރެވޭނެކަންވެސް އަންގަމެވެ.

07 ޖުލައި 2021
ހޯދާ