ޅ.ނައިފަރު މައިނާ އިމާރާތް ކުއްޔަށް ހިފުމަށް ކުރެވުނު (IUL)327-C/327/2021/978 ނަމްބަރ އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ އަލުން މި ފުރުސަތު ހުޅުވާލައި އިއުލާން ކުރީމެވެ.
ޅ.ނައިފަރު މައިނާ އިމާރާތުގައި ޤުރުއާން ކިޔަވައިދޭނެ ތަނެއް ތަރައްޤީކޮށްހިންގުމަށްޓަކައި 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ބޭފުޅުން މި ބިޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ.
ބިޑް ގައި ބައިވެރިވުމާއި ދައްކަންޖެހޭ ފީ
މި ބިޑްގައި ބައިވެރިވުމަށްޓަކައި 06 ޖުލައި 2021 އިން ފެށިގެން 14 ޖުލައި 2021 ވަނަ ދުވަހުގެ 12:00 ގެ ކުރިން ނައިފަރު ކައުންސިލްގެ އެކައުންޓް (1370 ރެވެނިއު 1) ނަންބަރ 7705700335001 އަށް -/50 (ފަންސާސް) ރުފިޔާގެ ފީއެއް ދައްކާ، 7988627 އަށް ސްލިޕްކޮޅި ވައިބަރ އިން ފޮނުވަން ވާނެއެވެ. ސްލިޕްކޮޅު ވައިބަރ އިން ފޮނުވާއިރު ބިޑްގައި ރެޖިސްޓްރީ ކުރާނެ ފަރާތުގެ މަޢުލޫމާތު ހިއްސާކުރަންވާނެއެވެ.
|
ބިޑާއި ގުޅޭ މަޢުލޫމާތު ދިނުން
މި ބިޑާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 14 ޖުލައި 2021 ވަނަ ދުވަހުގެ 14:00 ގެ ކުރިން 6620163 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރައްވަމުން ގެންދެވުން އެދެމެވެ.
|
ބިޑް އޯޕަން މީޓިންގް
ބިޑް ހުށަހެޅުމުގެ މީޓިންގ އޮންނާނީ 15 ޖުލައި 2021 ވަނަ ދުވަހުގެ 13:00 ގައި ނައިފަރު ކައުންސިލްގެ އިދާރާގައެވެ. ބިޑް ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ.
|
|