ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. ނޮޅިވަރަމުގެ ލޭންޑް ޔޫސް ޕްލޭން ރިވިއުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

 

         

މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށުގެ ލޭންޑް ޔޫސް ޕްލޭން ރިވިއުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން  މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤަނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

މަޢުލޫމާތު ދިނުން

އަންދާސީހިސާބު ހުށަހެޅުން

14 ޖުލައި 2021 (ބުދަ) (އޮންލައިންކޮށް)

11:00

03 އޮގަސްޓް 2021 (އަންގާރަ)

11:00

 

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ކުރިއަށްދާނީ އޮންލައިންކޮށެވެ.  މަސައްކަތާއި ގުޅުންހުރި އެންމެހައި ލިޔެކިއުންތައް މެއިލް ކުރައްވާނީ [email protected]  އަށެވެ. މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 2021 ޖުލައި 13 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން  ނަންނޯޓްކުރެއްވުން އެދެމެވެ. ނަންނޯޓުކުރެއްވުމަށް ކުންފުނި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރެޖިސްޓްރީގެ ކޮޕީ، އީމެއިލް އެޑްރެސް، މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވަޑައިގަންނަވާނެ ފަރާތުގެ ނަން، އައިޑީކާޑް ނަންބަރ އަދި ގުޅޭނެ ނަންބަރ އީމެއިލްކޮށްދެއްވުން އެދެމެވެ.

މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ޖުލައި 13 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.

މިބީލަމުގައި ބައިވެރިވާން އެދި ނަންނޯޓްކުރައްވާ ފަރާތްތަކަށް މިބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާސް އީމެއިލް ކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ

އަމީނީމަގު، ހދ. ނޮޅިވަރަން، ދިވެހިރާއްޖެ.

ފޯން: 6520043

އީ-މެއިލް: [email protected]

06 ޖުލައި 2021
ހޯދާ