މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
2022 ވަނަ އަހަރު ގެ ޕްރޮގްރާމްތަކާ ގުޅޭ

                          އިޢުލާން

2022 ވަނަ އަހަރު ގެ ޕްރޮގްރާމްތަކާ ގުޅޭ

މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓްގެ ޔޫތު ޑިޕާރޓްމަންޓް ފަރާތުން 2022 ވަނަ އަހަރުގެ ޕްރޮގްރާމްތައް ރޭވުމުގެ މަސައްކަތްތައްވަނީ ކުރަން ފަށާފައެވެ. 2022 ވަނަ އަހަރުގެ ޔޫތް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ޕްލޭން ކުރެވިގެން ދާއިރު ޒުވާނުންގެ ކުރިއެރުމަށާއި ތަރައްޤީއަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުން ކުރިއަށް ގެންދިއުމަށް ބޭނުންވާ ޔޫތު ޕްރޮގްރާމްތައް ޔޫތު ޑިޕާރޓްމަންޓަށް ހުށަހެޅުމުގެ ފުރުޞަތު ޖަމްޢިއްޔާތަކަށް ހުޅުވާލުމަށް ވަނީ ނިންމާފައެވެ. މިގޮތުން ޖަމްޢިއްޔާތަކުން ހުށަހަޅާ ޕްރޮގްރާމްތައް 2022 ވަނަ އަހަރުގެ ޑިޕާރޓްމަންޓްގެ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނިގެން ދާނެއެވެ. އަދި މިޕްރޮގްރާމްތަކަކީ މިނިސްޓްރީއާއި ޕްރޮޕޯސަލް ހުށަހަޅުއްވާ ޖަމްޢިއްޔާތަކާއި ގުޅިގެން ކުރިއަށް ގެންދެވޭނެ ޕްރޮގްރާމްތަކެއް ކަމުގައިވެސް ދެންނެވީމެވެ.

ވީމާ، ޒުވާނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް އާއްމުކޮށް އިޢުލާންކުރަމެވެ. ޕްރޮޕޯސަލް ހުށަހަޅުއްވާނީ [email protected] އަށެވެ. ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ސުންގަޑިއަކީ 11 ޖުލައި 2021 ވަނަ ދުވަހުގެ 13:00އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7707437 ނަންބަރަށް 10:00 އާއި 14:00 އާއި ދޭތެރޭ ގުޅުއްވުން އެދެމެވެ.

ވީމާ މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

06 ޖުލައި 2021
ހޯދާ