މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފް އިން ކުރިއަށް ގެންދާ ހާއްސަ އަސްކަރީ ތަމްރީނާއި ގުޅޭ

ނަންބަރ : 62 (IUL)202-M/1/2021/

 

އިޢުލާން

            މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)އިން ކުރިއަށް ގެންދާ 67 އަސާސީ ތަމްރީނު ކޯހުގެ ނައިޓް ޓްރޭނިންގ ތަމްރީނުތަކެއް 2021 ޖުލައި 27 އިން 31 އަށް މިއިން ކޮންމެ ދުވަހަކު 18:00 އިން 06:00 އަށް ޅ.މާފިލާފުށީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން މިއޮތޯރިޓީއަށް އަންގާފައިވެއެވެ. މި ތަމްރީނުތަކުގެ ތަފްސީލް ތިރީގައި މިވަނީއެވެ.

 

ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލް

 

  1. ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް :           މިނީ ފްލޭއަރ، ޕެރަޝޫޓް ފްލޭއަރ
  2. ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިން:       200 މީޓަރ
  3. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން:      200 މީޓަރ
  4. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން:       ސީ.ލެވެލް
  5. ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަން:        ޅ.މާފިލާފުއްޓާއި ދިމާމަތި

 

ވީމާ، މި ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އާއްމުކޮށްއަންގާ އިޢުލާންކުރީމެވެ. 

 

            26 ޒުލްޤައިދާ     1442

            06 ޖުލައި       2021

06 ޖުލައި 2021
ހޯދާ