އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅުގެއަށް ބޭނުންވާ ދޮރުފޮތި ފޯރުކޮށްދީ ހަރުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާނު

އަތޮޅުގެއަށް ބޭނުންވާ ދޮރުފޮތި ފޯރުކޮށްދީ ހަރުކޮށްދޭނެ ފަރާތެއް ހޯދުން

 

      މި ކައުންސިލްގެ އަތޮޅުގެއަށް ބޭނުންވާ ދޮރުފޮތި ފޯރުކޮށްދީ ހަރުކޮށްދޭނެ ފަރާތެއް ‏‏ހޯދަން ބޭނުންވެއެވެ.‏

      ‏މި މަސައްކަތަށް ޝައުޤުވެލައްވާ ފަރާތްތަކުން 06 ޖުލައި 2021 ވާ އަންގާރަ ދުވަހުން ފެށިގެން 11 ޖުލައި 2021 ވާ ‏‏އާދީއްތަ ދުވަހުގެ ނިޔަލަށް forms.adh.gov.mv ލިންކް އިން ނަންނޯޓް ކުރެއްވުމުން މަޢުލޫމާތު ‏‏ކަރުދާސް ލިބޭނޭ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ‏‎.‎‏ އަދި ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރު 6680507 ފޯނަށް ގުޅުއްވައިގެންވެސް ‏ނަންނޯޓް ކުރެއްވޭނެއެވެ. ‏ނަންނޯޓްކޮށްފައިވާ ފަރާތްތަކާއެކު 12 ޖުލައި 2021 ވާ ހޯމަ ދުވަހު ހެނދުނު 11:00 ގައި ޕްރީބިޑް ސެޝަންއެއް މި ‏‏ކައުންސިލްގެ ‏‏ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.‏ އަދި ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް ‏‏އަންދާސީ ހިސާބު ހުށަނޭޅޭނެ ވާހަކަ ‏‏ދަންނަވަމެވެ.  ‏

      ‏ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 02 އޯގަސްޓް ‏‏2021 ވާ ހޯމަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބީލަންތައް ބަލައިގަތުމާއި ހުޅުވުން އޮންނާނީ 02 ‏‏އޯގަސްޓް 2021 ވާ ހޯމަ ދުވަހުގެ 11:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައި އެކަމަށް ބާއްވާ ބައްދަލުވުމުގައެވެ. ބީލަންތައް ‏‏‏ހުންނަންވާނީ މަޢުލޫމާތު ކަރުދާހުގައިވާފަދައިން ލޭބަލްކުރެވި ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ކަނޑައެޅިފައިވާ ‏‏ގަޑިއަށްވުރެ ފަހުން ހުށައަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.  

 

           25 ޛުލްޤަޢިދާ 1442

           05 ޖުލައި 2021

 

 (ސޮއި)      

 ނައުފަލް ޢައްބާސް   

އެކްޓިންގ ސެކެޓްރީ ޖެނެރަލް

05 ޖުލައި 2021
ހޯދާ