މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. އަތޮޅުގެ ރަށްރަށަށް ރައްކާތެރި ގޮތުގައި ބޯފެން ފޯރުކޮށް ދޭނެފަރާތެއް ހޯދަންބޭނުންވެއްޖެ

 

މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ                                                     

(IUL)228-DG/228/2021/2ނަމްބަރ:

  އިޢުލާން   

 

ނ. އަތޮޅުގެ ރަށްރަށަށް ރައްކާތެރި ގޮތުގައި ބޯފެން ފޯރުކޮށް ދޭނެފަރާތެއް ހޯދަންބޭނުންވެއްޖެ

            މިކައުންސިލްގެ ފަރާތުންދެވޭ މައުލޫމާތާއި އެއްގޮތްވާގޮތުގެމަތިން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކަނޑައަޅާފައިވާ " ރައްކާތެރި ގޮތުގައި އެއްތަނުން އަނެއްތަނަށް ގަނޑުކޮށް ބޯފެން އުފުލުމާއިބެހޭ މިންގަނޑު " އާއި އެއްގޮތަށް ނ. އަތޮޅުގެ ރަށްރަށަށް ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ބީލަން ރަޖިސްޓްރީކުރުން

         ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާވަލާއި އެއްގޮތަށް ބީލަމުގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.  ބީލަމުގައި ރަޖިސްޓްރީވުމަށް ( ބީލަން ރަޖިސްޓަރވުމަށް އެދޭ ފޯމް) މިލިންކަށްވަދެ ފޯމް ފުރިހަމަ ކުރެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އީމެއިލް ) [email protected]  ( މެދުވެރިކޮށް ބީލަމާއިގުޅޭ މައުލޫމާތުތައް މިއިދާރާއިން ފޯރުކޮށްދެވޭނެއެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

ތަފްސީލް

ތާރީޚް

ވަގުތު

ބީލަމުގައި ރަޖިސްޓްރީ ކުރުން

06 ޖުލައި 2021 ން 08 ޖުލައި 2021

8:00 އިން 14:00

މައުލޫމާތު ސާފުކުރެވޭނެ އެންމެ ފަހުގެ ތާރީޚު (އީމެއިލްގެ ޒަރީއާއިން)

09 ޖުލައި 2021

14:00

އަންދާސީ ހިސާބު ހުށަހެޅުން

15 ޖުލައި 2021

11:00 ހެނދުނު

ބީލަމާގުޅޭ ތާވަލު:

 

 

 

 

އަންދާސީ ހިސާބު ހުށަހެޅުން

           މި މަސައްކަތައް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތާވަލުގައި ދެންނެވިފައިވާ ދުވަހު ދެންނެވިފައިވާ ގަޑިއަށްނ. އަތޮޅު ކައުންސިލްގެ އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.  އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތަކާއި، މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކައުންސިލްގެ އިދާރާއަށް ލިބިގެންވެއެވެ.              

            މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 6560012، 6560028 އެވެ.

25 ޛުލްޣައިދާ   1442

05 ޖުލައި     2021  

 

05 ޖުލައި 2021
ހޯދާ